24 Nov 2020 | 14:29
ސައުދީ ވަލީއަހުދާއި އިޒްރޭލްގެ ބޮޑުވަޒީރު ބައްދަލުކުރިކަން ސައުދީ އަރަބިއްޔާއިން ދޮގުކޮށްފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އިޒްރޭލްގެ ބޮޑުވަޒީރު ބިންޖަމިން ނެތަންހާޔޫ ބައްދަލުކުރެއްވި ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވާ ވާހަކަތައް ސައުދީީ އަރަބިއްޔާއިން ދޮގުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާދު އަލް ސައުދު ޓްވިޓަރގައި ވިދާޅުވެފައިވާ ގޮތުގައި ދާދިފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ސައުދީއަށް ކުރެއްވި ޒިޔާރަތުގައި އިޒްރޭލްގެ އެއްވެސް އޮފިޝަލަކު ބައިވެރިވެފައެއް ނުވެއެވެ.

އިޒްރޭލްގެ ސިފައިންގެ ރޭޑިއޯ އަދި އެގައުމުގެ މަޝްހޫރު ހާރެޓްޒް ނޫހުން ރިޕޯޓްކުރި ގޮތުގައި މި ބައްދަލުވުމުގައި ނެތަންޔާހޫ، ސައުދީ ވަލީ އަހުދުގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަދި އިޒްރޭލްގެ ޖަސޫސީ އިދާރާކަމަށްވާ މޮސާޑްގެ އިސްވެރިޔާ ބައިވެރިވެ ވަޑައިގެންނެވިކަމަށްވެއެވެ.

ހާރެޓްޒް ނޫހުން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ ވަގުތެއްގައި އިޒްރޭލްގެ ވެރިރަށް ތެލް އަވީވުން ފުރައިގެން، ނިއޯމްއަށް ޕްރައިވެޓް ޖެޓެއް ދަތުރުކުރިކަން ފްލައިޓް ޓްރެކިންގ ޑޭޓާތަކުން ފެނިގެންދެއެވެ. މި ޖެޓް ވަނީ ނިއޯމްގައި ދެ ގަޑިއިރު ވަރު ހޭދަކޮށްފައެވެ.

އިޒްރޭލްގެ ސިފައިންގެ ރޭޑިއޯއަށްް އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރ އަދި ވެރިކަންކުރާ ލިކޫޑް ޕާޓީގެ އިސްވެރިއެއްކަމަށްވާ ޔޮއާވް ގަލަންޓް ވަނީ މި ބައްދަލުވުން ހިނގައިދިޔަކަން ޔަގީންކޮށްދީފައެވެ. އަދި މިއީ ވަރަށް ތާރީޚީ ބައްދަލުވުމެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކޮށްދީފައެވެ.

މިއަހަރުގެ ތެރޭގައި އެމެރިކާގެ އިސްނެގުމުގެ ދަށުން މެދުއިރުމަތީގެ ބައެއް ގައުމުތަކުން ދަނީ އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ގާއިމްކުރަމުންނެވެ. ސައުދީ އަރަބިއްޔާއިން ވަނީ އިޒްރޭލާއި އެކު މިފަދައިން ގުޅުންތައް ގާއިމްކުރާނީ ފަލަސްތީންގެ މައްސަލައަށް ދެމެހެއްޓެނިވި އަދި އަމާން ހައްްލެއް ލިބުމުންކަމަށް މީގެ ކުރިން ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.