"އިންޑިޔާ ފަސްޓް" ޕޮލިސީ ބާއްވާނެކަމުގެ ޔަގީންކަންދީފި

26 Nov 2018 | 23:33

ދިވެހިރާއްޖޭގެ އާ ސަރުކާރުން، އިންޑިޔާ އިސްކުރާ ޚާރިޖީ ސިޔާސަތެއް ބާއްވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދީފިއެވެ.

މިއަދުގެ ވަގުތެއްގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުމަށްފަހު އިންޑިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައިވަނީ މިނިސްޓަރ އަބްދުﷲ ޝާހިދު، ރާއްޖޭގެ އިންޑިޔާ ފަސްޓް ޕޮލިސީގެ ވާހަކަ ތަކުރާރުކުރައްވާ، އެކި ދާއިރާތަކުން އިންޑިޔާގެ ސަރުކާރާއި އެކު ގާތްގުޅުމެއް ބާއްވަވާނެކަމަށް ވިދާާޅުވެފައެވެ.

އަދި މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ، އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ރާއްޖޭގެ ވިސްނުމެއްކަމުގައިކަމަށްވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިއަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ އިންތިޒާމުތަކުގެ ވާާހަކަތައްވެސް ވަނީ ދައްކަވާފައެވެ.

މި މަޝްވަރާތަކުގައި އިންޑިޔާގެ ޚާރިޖީ ވަޒީރު، ސުޝްމާ ސްވަރާޖްވެސް ވަނީ ރާއްޖެއަށް އެހީތެރިވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement