04 Dec 2020 | 15:42
ފާރިސް މެދުވެރިކޮށް އެކިފަހަރުމަތިން ފައިސާ ރައީސް މައުމޫން އާއި ހަވާލްކުރިން:ދިޔާނާ

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން މެދުވެރިކޮށް އެކިފަހަރު މަތިން ފައިސާތައް، ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޙަވާލުކޮށްފައިވާނެ ކަމަށް އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ، ރައީސް މައުމޫނަށް ތައުރީފް ކުރައްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ދިޔާނާ ވަނީ ރައީސް މައުމޫން، އެކަމަނާގެ ފިރިކަލުން ޖާބިރުގެ އަތުން ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ދިޔާނާ ވިދާޅުވީ 2017 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގެ ކުއަލާލަންޕޫރުގެ އިންޓަމާކް ބިލްޑިންގ ގައި ރައީސް މައުމޫން އާއި ޖާބިރު ބައްދަލު ކުރައްވާ ދެ ބޭފުޅުން އެއްބްސްވެ ވަޑައިގަތް ގޮތުގެ މަތިން ޖާބިރުގެ ފަރާތުން ކަންކަންކުރުމަށް އެކަމަނާ އައްޔަންކުރުމުން އެ ފައިސާ އަމާނާތްތެރި ކަމާއިއެކު ފާރިސް މެދުވެރިކޮށް ރައީސް މައުމޫން އަށް އެކިފަހަރު މަތިން ޙަވާލުކޮށްފައިވާނެ ކަމަށެވެ.

ޑރ.ޝަހީމްގެ ޓްވީޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ރައީސް މައުމޫން ކިތަންމެ ބޮޑު ފާހެއް ނަންގަވައިގެން ހުންނެވިއަސް އެއީ ޝަރީޢަތުގެ ކުރިމަތީގައި ފާޅުކަންބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ކަމަށެވެ.

"ރައީސް މައުމޫން ކިތަންމެ މަތީ ފާހެއް ނަންގަވައިގެން ހުންނެވިއަސް އެއީ ޝަރީޢަތުގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް.ދިރިތިބި ބައިވަރު ހެކިން ތިއްބާ މައުމޫން އިތުރުފުޅު ހައްދަވަނީ ހާދަހާ ދެރަވަރުވީމައޭ ހިތަށް އަރާ" ޓްވިޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވަނީ އަމާނާތްތެރިކަމުގެ އަގަކީ މަނިކުފާނުގެ ސިޔާސީ މެޝިނަރީ ބޭނުންކުރައްވައިގެން ހަޤީޤަތް އެއްފުށުން އަނެއް ފުށަށް ޖައްސަވާ ތެދު ބުނާ މީހާ އަކީ ދޮގު ބުނާ މީހާގެ ގޮތުގައި ތަމްސީލުކޮށް އެ މީހާއަށް ފުރައްސާރަ ކުރިމަތި ކުރުންތޯ ސުވާލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.
26 Jun 2026
އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް
މީގެކުރިން ވޯލްޑް ކަޕްގައި ވާދަކުރި ތިން ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓި އައިވަރީ ކޯސްޓަށް، ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.