ސްވިޑެންގެ ވަޒީރު ޔޫއެން ބައްދަލުވުނުގައި ވާހަކަދައްކަވަނީ-
ދުނިޔެ
26 Jun 2026 | 12:51
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން

ސްވީޑެންގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ރޮމީނާ ޕޯރމޮޚްތާރީ, ތިން މަހުގެ ދަރިކަލުން އާދަމް ގޮވައިގެން ލަގްޒެމްބާގުގައި ބޭއްވި އީޔޫ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންފިއެވެ. މިއީ އީޔޫ ވަޒީރުންގެ ބައްދަލުވުމަކަށް ތުއްތު ކުއްޖަކު ގެންދިޔަ ފުރަތަމަ ފަހަރެވެ. 

މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.

"އެ (ދެކަމުން އެއްކަމެއް) ޚިޔާރު ކުރާން ނުޖެހޭ ކަމުގެ ނަމޫނާއެއް ދައްކަން ބޭނުންވީ. އެކަމަށް ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭ އެކުގައި މަސައްކަތްކުރާން ތައްޔާރު ބައިވެރިއެއް ހުރުންވެސް މުހިންމު" ކަމަށް ޕޯރމޮޚްތާރީ ރޮއިޓާސްއަށް ވިދާޅުވިއެވެ.

ޕޯރމޮޚްތާރީ ވަނީ ވިހެއުމާ ގުޅޭ ޗުއްޓީ ނިންމެވުމަށްފަހު އެނބުރި މަސައްކަތަށް ނުކުންނަވައިފައެވެ. ފިރިކަލުން ވަނީ ސެޕްޓެމްބަރުގައި ބާއްވާ ސްވީޑެންގެ އިންތިޚާބާ ޖެހެންދެން ޗުއްޓީ ނަންގަވައި އާދަމް ބެލެހެއްޓެވުމަށް ލަގްޒެމްބާގަށް ވަޑައިގެންފައެވެ.

ހެޔޮ ސިޔާސަތުތަކަކީ ހަމައެކަނި ދިގު ޗުއްޓީ ދިނުން ނޫން ކަމަށާއި ޗުއްޓީ ޙިއްޞާކުރުމުގެ ލުއި އުސޫލުތަކާއި އަތްފޯރާ އަގެއްގައި ޗައިލްޑްކެއާ ލިބޭނެ ގޮތް ހެދުންވެސް މުހިންމު ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.

"މީގެ ސަބަބުން ލިބޭ ފައިދާ ކުޑަ ކަމަށް ބަލައިގެން ނުވާނެ. އެއީ ހަމައެކަނި އިޤުތިޞާދީ ފައިދާ ކަމަށް ނުވެދާނެ. އެކަމަކު އާޚިރުގައި އެކަމުން އިޤުތިޞާދީ ފައިދާއެއްވެސް ލިބިދާނެ." ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮލެންޑުގެ ޑެޕިއުޓީ މޫސުމީ ވަޒީރު ކެޝިޝްޓޮފް ބޮލެސްޓާ ވިދާޅުވީ ސިޔާސީ ބައްދަލުވުމެއްގައި ތުއްތު ކުއްޖެއް ހުރުމުން އެއްވެސް އުނދަގުލެއް ނުވި ކަމަށާއި "އެއީ ވަރަށް ރަނގަޅު ކަމެއް. ނުކުޅެދުންތެރިކަމެއް ނޫން ދިރިއުޅުމުގެ ބައެއް" ކަމަށެވެ.

ސްވީޑެނަކީ ދުނިޔޭގައި އެންމެ ލުއިކޮށް ވިހެއުމާ ގުޅޭ ޗުއްޓީގެ ސިޔާސަތެއް އޮންނަ އެއް ޤައުމެވެ. އެ ޤައުމުގައި މައިންބަފައިންނަށް ޖުމްލަކޮށް ގާތްގަނޑަކަށް 16 މަސް ދުވަހުގެ ޗުއްޓީ މުސާރައާ އެކު ލިބެއެވެ. މީގެ ތެރެއިން 90 ދުވަސް އޮންނަނީ ކޮންމެ މީހަކަށްވެސް ވަކިން ޚާއްޞަކޮށްފައެވެ.

"ބައްޕައިންގެ މަސްތައް" ގެ ނަމުން މަޝްހޫރު މި އުސޫލު ތަޢާރަފުކުރީ ބައްޕައިން ދަރީންނާ އެކު ވަގުތު ހޭދަކުރުމަށް ހިތްވަރު ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.