ޚުތުބާ އަޑު އަހަނީ-
ދީން
26 Jun 2026 | 13:19
”މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު“

އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

އަމާނާތްތެރިކަމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނި ގޮތުގައި ޢަބްދުالله ބިން މަސްޢޫދު ރަޟިޔަالله ޢަންހުގެ ބަސްފުޅާ ހަވާލާދީ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި އަމާނާތުގެ ތެރޭގައި ނަމާދު ޤާއިމުކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަ ހިފުމާއި ޙައްޖުވުމާއި ތެދު ބަސް ބުނުމާއި ދަރަނި އަދާކުރުމާއި މިނެކިރުމުގައި ޢަދުލުވެރިވުން ހިމެނެއެވެ.

އަދި ދަރީންނަށް ހެޔޮ ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ އެ ވެވެނީ ޙަވާލުކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރި ކަމުގައި ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅާ ހަވާލާދީ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ: "އަމާނާތްތެރިކަމެއް ނުވާ މީހާގެ އީމާންކަން ފުރިހަމައެއް ނުވެއެވެ. އަދި ޢަހުދަށް ވަފާތެރި ނުވާ މީހާގެ ދީން ފުރިހަމައެއް ނުވެއެވެ." އަދި އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ޢަލާމާތެއް ކަމުގައި ވެސް އެކަލޭގެފާނު ﷺ އަންގަވާފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބާރުއަޅާފައި ވަނީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާއަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމާއި ވަޒީފާގެ ވަގުތަށް ފަރުވާތެރިވުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާއެވެ. މިއީ ބޮޑުވެގެންވާ އަމާނާތެކެވެ. މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީއެވެ. ހަމަ އެހެންމެ، އަހަރެމެން އަދާކުރާ ވަޒީފާތަކާއި، އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެކެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ.

މީގެ އިތުރަށް، މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެއް ކަން ޚުތުބާގައި ފާހަގަކޮސްފައިވެއެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.‏ (إِذَا حَدَّثَ الرَّجُلُ بِالْـحَدِيْثِ، ثُـمَّ الْتَفَتَ فَهِيَ أَمَانَةٌ.) މާނައީ: "މީހަކު ވާހަކައެއް ދެއްކުމަށް ފަހު، އެ ވާހަކައެއް އަޑު އިވޭ ފަށުގައި މީހަކު ހުރިތޯ ދެ ފަރާތަށް ބަލައިލައިފި ނަމަ، ނުވަތަ އެ ދެމީހުން އެ ތަން ދޫކޮށް ހިނގައްޖެ ނަމަ، ފަހެ އެ ވާހަކައަކީ އަމާނާތެކެވެ."

ހަމަ އެހެންމެ ވަށައިގެންވާ ޤުދުރަތީ ވެށްޓާއި ދިރޭ ތަކެއްޗަކީ ވެސް އަންނާން އޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް الله ސުބްޙާނަހޫ ވަތަޢާލާ ޙަވާލުކުރައްވާފައިވާ ބޮޑުވެގެންވާ އަމާނާތެއް ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާ ނިންމާލާފައި ވަނީ އަމާނާތްތަކަށް ރައްކާތެރިވުމުން މުޖުތަމަޢުގައި އަމާންކަމާއި ޞުލްޙަވެރިކަން ޢާންމުވާ ކަމަށާއި އެއާ ޚިލާފަށް ޚިޔާނާތްތެރިވުމަކީ އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި ދުނިޔެއާއި އާޚިރަތުގައި ގެއްލުން ލިބޭނެ ކަމެއް ކަމުގައި ހަނދާންކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.