18 Dec 2020 | 09:47
ފްލެޓް ކޮމިޓީއިން ނެތްކަމަށްބުނި އިއުލާން ސަރުކާރު ގެޒެޓްގައި!

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި 2500ފްލެޓާއި އެއްކޮޓަރި ފްލެޓްތައް ވުޖޫދުގައި ނެތްކަމަށް ސަރުކާރުގެ ފަރާތްތަކުން ބުނަމުން ގެންދާތީ އެކަމާއި ގުޅޭގޮތުން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ ބުނެފައިވާ ގޮތުގައި 2018ވަނަ އަހަރު ފޯމު ހުށައަޅާފައި ހުރިހާ ފަރާތްތައްވެސް ފޯމު ހުށައަޅާފައިވަނީ ހަމައެކަނި 7000ފްލެޓަށެވެ. އަދި އިއުލާންވެސް ކޮށްފައިވަނީ ހަމައެކަނި 7000ފްލެޓަށެވެ.

އެހެންނަމަވެސް 2018 މެއި 6ވަނަ ދުވަހު ހައުސިންގ މިނިސްޓްރީއިން ކޮށްފައިވާ ހިޔާ 2018 މަޝްރޫޢާ ގުޅޭ އިއުލާނުގައި 1ކޮޓަރީގެ ފްލެޓްތަކަށާއި 2ކޮޓަރީގެ ފްލެޓްތަކަށް ވަކިން ޖުމްލަ 13ކެޓަގަރީއަކަށް ހުޅުވާލައި ފޯމާއި މައުލޫމާތު ކަރުދާސް އެޓޭޗްކޮށްފައިވެއެވެ. 

އިއުލާން ލިންކު

ހިޔާ 2018 މަޝްރޫއުގެ ދަށުން ތިން ފްލެޓްތަކަކަށް ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް 2018ވަނަ އަހަރު ގެޒެޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2ކޮޓަރީގެ 7000ފްލެޓާއި، 2ކޮޓަރީގެ 2500 ފްލެޓާއި، 1ކޮޓަރީގެ ފްލެޓްތަކެވެ.

ފޮޓޯ: ގެޒެޓުގައި ހިޔާ 2018 މަޝްރޫއުގެ ދަށުން 7000ފްލެޓަށް އަދި 2500ފްލެޓަށް ހޮވުނު މީހުން އިއުލާނުކޮށްފައިވާގޮތް

އެއަހަރު ހިޔާ 2018 މަޝްރޫއުގެ ދަށުން 7000 ފްލެޓަށް ހޮވުނުކަމަށް ގެޒެޓުގައި އިއުލާނުކޮށްފައިވަނީ 8 ކެޓަގަރީއެއްގެ ފަރާތްތަކެވެ. 2500 ފްލެޓަށް ހޮވުނުކަމަށް އިއުލާނުކޮށްފައިވަނީ 4 ކެޓަގަރީއެއްގެ ފަރާތްތަކެވެ. އަދި 1ކޮޓަރީގެ ފްލެޓަށް ހޮވުނުކަމަށް އިއުލާނުކޮށްފައިވަނީ 5 ކެޓަގަރީއެއްގެ ފަރާތްތަކެވެ.

7000ފްލެޓްގައި ހިމެނޭ އިތުރު ކެޓަގަރީތައް ކަމަށްވާ ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ޚާއްސަ، ފުލުހުންނަށް ޚާއްސަ، އަދި ސިފައިންނަށް ޚާއްސަ ކެޓަގަރީތަކަކީ އާއްމު އިއުލާނުކޮށް ހުޅުވާލާފައިވާ ކެޓަގަރީތަކެއް ނޫނެވެ. އެފަރާތްތަކަށް ލިޔުން ފޮނުވާފައިވަނީ އޮފީސްތައް މެދުވެރިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ