20 Dec 2020 | 17:00
ބޯހިޔާވަހިކަން ހޯދައިދޭން ޝައުގުހުރި މީހަކު ވަޒީރަކަށްލުމަށް އާއްމުންގެ ޖަމްއިއްޔާއިން ގޮވާލައިފި

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ޝައުގުވެރިކަން ހުރި ވަޒީރަކު އެ ވުޒާރާގެ މިނިސްޓަރަކަށް ގެނައުމަށް ފްލެޓްތަކުގެ މައްސަލައިގައި އަޑުއުފުލާ ޖަމިއްޔާއެއް ކަމަށްވާ "އާއްމުންގެ އެކުވެރި ގުޅުން" ޖަމްއިއްޔާން ގޮވާލައިފިއެވެ.

އެ ޖަމްއިއްޔާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި 12 މަސް ތެރޭގައި ހިޔާ ފްލެޓުތަކާއި ގުޅިގެން ރައްޔިތުން ކުރާ ޝަކުވާ ތަކަށް ޖަވާބު ނުލިބިގެން އެންމެ ފަހުން އެތައް ބަޔަކު ޓްވިޓާގައި އަޑުއުފުލަން މަޖުބޫރުވި ކަމަށެވެ.

"އެހެނަސް މި 12 މަސް ތެރޭގައި މިތަނުގައި ރައްޔިތުން ރޮއި ހޭރޭ އަޑުވެސް މިނިސްޓަރަށް އިވިވަޑައިނުގަތެވެ. ބޯހިޔާވަހިކާމައި ބެހޭ ވާހަކައެއް، ސުވާލެއްގެ ޖަވާބެއް ހޯދާނެ ގޮތެއް ނެތި އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައެވެ." ޖަމިއްޔާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އެޖަމްއިއްޔައިން ބުނީ ވަޒީރު އަސްލަމް މި އަހަރު ޖުމްލަ ކުރީ 11 ޓުވީޓް ކަމަށާއި އޭގެތެރޭގައި ހިމެނެނީ މޫސުމާއި ބެހޭ އެއްޓުވީޓާއި ދަރިކަނބަލުން އިނގިރޭސިވިލާތުގައި ކުރާ ތަޖުރިބާ އާއި ބެހޭ އެއްޓުވީޓާއި ކޮވިޑާއި ބެހޭ ތިން ޓުވީޓާއި ވަގުތުގެ ހަގީގަތް، ފަލްސަފާތައް އަދި ފެންޓަސީ ތަކާއި ބެހޭ ތިން ޓްވީޓާއި ދުނިޔެވީ އެހެން ކަންތައްތަކާއި ބެހޭ އިތުރު ތިން ޓުވީޓް ކަމަށެވެ.

"އަސްލަމުގެ ޝައުގުވެރިކަން ހުރީ ކޮވިޑު ކަންތައްތަކަށް ނަމަ ހެލްތު މިނިސްޓްރީއަށް، ޝައުގުވެރިކަން ހުރީ ވަގުތުގެ ފަލްސަފާތަކާއި ޕިޒިކްސް އަށް ނަމަ ސައިންސް މިނިސްޓްރީއަށް އެމަނިކުފާނު ބަދަލުކޮށް ބޯހިޔާވަހިކަމަށް ޝައުގުވެރިކަން ހުރި އެކަމުގައި ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއިއެކު މަސައްކަތް ކުރާނެ، ކުރެވޭނެ މީހަކު އެ މަގާމަށް އައްޔަން ކޮށްދިނުން އެދި ރައީސް ޞާލިހް އަށް ދަންނަވަމެވެ. މިކަން ބެއްލެވުންއެދި ރައީސް ނަޝީދު އަށް ދަންނަވަމެވެ." ޖަމިއްޔާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އަދި ވާހަކަ ދެއްކުމާއި މަޝްވަރާގެ މަގު އިސްކޮށް އެމަގުން ކަންކަން ކުރަން އިސްކަންދެވެންވާނެ ކަމަށާއި ހުރިހާ ކަމެއްގެ ހައްލަކީ ރައްޔިތުން މަގުމައްޗަށް ނިކުތުން ކަމަށް ވެގެން ނުވާނެ ކަމަށް ވެސް ޖަމިއްޔާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.