Advertisement

އެމްޑީޕީއަށް އެނބުރިދިއުމަށް މިހުރީ ތައްޔާރަށް: ރީކޯ މޫސަ

21 Dec 2020 | 15:30

އެމްޑީޕީއަށް އެނބުރިދާން މިހާރުވެސް ތައްޔާރަށް ހުރި ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ސަންގުޓީވީ އިން ގެނެސްދޭ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ، އޭނާގެ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވީ ރައީސް ޞާލިޙް އަދި ރައީސް މުހައްމަދު ނަޝީދާއި އެކުގައި ކަމަށެވެ.އެގޮތުން އަދިވެސް އެބޭފުޅުންނާއި ގުޅުން އޮންނަ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އިން އޭނާ ބޭރުކުރީ ކަމަށެވެ. ނަމަވެސް މިހާރުވެސް އެޕާޓީ ތެރޭގައި އުޅޭ ބައެއް މީހުން މޫސަދެކެ ރުޅި އަންނަކަމަށާއި، ސަބަބަކީ ޕާޓީގެ ވިޕްލައިނާއި ޚިލާފްވުމުންކަމަށް ވިދާޅުވިއެވެ.އަދި މޫސަވަނީ ވިޕްލައިން އާއި ޚިލާފްވުމުންއެކަމަށް މައާފަށްވެސް އެދިވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ މެންބަރުން ރީކޯ މޫސާ ގެންދަން ބޭނުންވާނަމަ ދާން ތައްޔާރަށް ހުންނެވިކަމަށާއި ޕާޓީދެކެ ނުހަނު ލޯބިވާކަމަށްވެސް ވިދާޅުވިއެވެ. ސިޔާސީ މަސައްކަތް ކުރުމަކީ ރީކޯ މޫސާ ކުރާހިތްވާކަމެއް ކަމަށާއި އެމްޑީޕީ މެންބަރުން މޫސާ ގެންދަން ބޭނުންނަމަ އެގޮތަށް ބުނާނެކަމަށް ވިދާޅުވިއެވެ. އަދި ބަލައި އަތުވެއްޖެއްޔާ ދާނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް