ފުޓްބޯޅައަށް ޝަޢުގުވެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ގދ.ހޯޑެއްދޫގައި "ޔޫތު ކަޕް 2021" ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.
ރޭ ހޯޑެއްދޫ ފުޓްސަލް ދަނޑުގައި ފެށި މިމުބާރާތް ރަސްމީކޮށް ފަޢްޓަވައި ދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޙްލޫފްއެވެ.
ހޯޑެއްދޫ ކޮމިއުނިޓީ ސެންޓަރުން އިސްނަގައިގެން ކުރިއަށްގެންދާ މިމުބާރާތުގައި، ހޯޑެއްދުއަށް ނިސްބަތްވާ ޖުމްލަ 4 ޓީމެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
" ޔޫތު ކަޕް 2021" ކުރިއަށްދާނީ ޖަނަވަރީ މަހުގެ 10 އަކުން ފެށިގެން 17 ގެ ނިޔަލަށެވެ.