އެމްޔޫއެސްސީއެމްވީގެ ފުޓްސަލް ޓީމް އިފްތިތާހުކޮށްފި

12 Jan 2021 | 12:19

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބެއްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ދިވެހިރާއްޖޭގެ ފޭން ކްލަބެއްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑް ސަޕޯރޓާރސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީއެމްވީ)އިން ފުޓްސަލް ޓީމެއް ތައާރަފްކޮށްފިއެވެ.

ރޭ ކްލަބް360ގައި އޮތް ރަސްމިއްޔާތެއްގައި ވަނީ މި ޓީމްގެ ޖާރޒީ އިފްތިތާހުކޮށް، ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

އެމްޔޫއެސްސީއެމްވީގެ ފުޓްސަލް ޓީމުން ބައިވެރިވާ ފުރަތަމަ މުބާރާތަކީ މަޅި އެމްވީގެ ފަރާތުން އިންތިޒާމް ކުރާ މަޅި ފުޓްސަލް ޗެލެންޖެވެ. މި ޖާޒީގެ އެންމެ ޚާއްސަ އެއް ސިފައަަކީ ލޭ ހަދިޔާކުރުމަށް ހިތްވަރުދީ ލިޔެފައިވާ މެސެޖެވެ. އެގޮތުން ޖާޒީގެ ކުރިމަތީގައި ވަނީ "GIVE BLOOD SAVE A LIFE"، ޝިއާރު ހިމަނާފައެވެ.

ރޭގެ ރަސްމިއްޔާތުގައި މި ޖާޒީ ވަނީ މޯލްޑިވްސް ބްލަޑް ޑޯނަރސްއަށް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވަނީ އެމްޔޫއެސްސީއެމްވީގެ ޕާޓްނަރުންނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން އެ ކްލަބްގެ އޮފިޝަލް ސްޕޯޓްސް ޕާޓްނަރގެ ގޮތުގައި މަޅި މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ. އަދި އޮފިޝަލް މެޗް ސްކްރީނިންގ އަދި ފުޑް އެންޑް ބެވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ކްލަބް 360 މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގައި ރަޖިސްޓްރީކުރެވިފައިވާ އެމްޔޫއެސްސީއެމްވީގެ މަގްސަދަކީ މެންޗެސްޓަރ ޔުނައިޓެޑް ކްލަބްގެ ގިނަ ސަޕޯޓަރުން އެއްތަންކޮށް، ގިނަ ޖީލުތަކަކަށް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުން ދިރުވާ އާލާ ކުރުމެވެ.

Advertisement

ކޮމެންޓް

Advertisement