އެމްޔޫއެސްސީއެމްވީގެ ފުޓްސަލް ޓީމްގެ ޖާޒީއަށް ޕްރީ-އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

12 Jan 2021 | 14:36

މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީއެމްވީ)ގެ ފުޓްސަލް ޓީމްގެ ޖާޒީއަށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޖާޒީއަކީ މަޅި އެމްވީގެ ފަރާތުން އިންތިޒާމް ކުރާ މަޅި ފުޓްސަލް ޗެލެންޖްގައި ބައިވެރިވާ އެމްޔޫއެސްސީއެމްވީގެ ފުޓްސަލް ޓީމުން ބޭނުންކުރާނެ ޖާޒީއެވެ. މިމަހުގެ 15ވަނަ ދުވަހާއި ހަމައަށް މި ޖާޒީތައް ޕްރީއޯޑަރކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޖާޒީތައް ޕްރީއޯޑަރކުރަން ބޭނުންވާ ފަރާތްތަކުން މި ޖުމްލައަށް ފިއްތާލައިގެން އެކަމުގެ ގޫގްލް ފޯމަށް ވަދެވޭނެއެވެ.

މި ޖާޒީގެ އެންމެ ޚާއްސަ އެއް ސިފައަަކީ ލޭ ހަދިޔާކުރުމަށް ހިތްވަރުދީ ލިޔެފައިވާ މެސެޖެވެ. އެގޮތުން ޖާޒީގެ ކުރިމަތީގައި ވަނީ "GIVE BLOOD SAVE A LIFE"، ޝިއާރު ހިމަނާފައެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގައި ރަޖިސްޓްރީކުރެވިފައިވާ އެމްޔޫއެސްސީއެމްވީގެ މަގްސަދަކީ މެންޗެސްޓަރ ޔުނައިޓެޑް ކްލަބްގެ ގިނަ ސަޕޯޓަރުން އެއްތަންކޮށް، ގިނަ ޖީލުތަކަކަށް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުން ދިރުވާ އާލާ ކުރުމެވެ.

Advertisement

ކޮމެންޓް