13 Jan 2021 | 16:45
ފްލެޓްތަކުގެ މައްސަލައިގައި ޑރ.މުއިއްޒު: މިއީ ހާދަ އަނިޔާވެރި ސަރުކާރެކޭ ހިތަށް އަރާ!

ހިޔާ ފްލެޓަށް ކުރިމަތިލި ހުރިހާ ފަރާތްތަކަށް ފްލެޓް ނުދޭ މައްސަލައިގައި މި ސަރުކާރަކީ އަނިޔާވެެރި ސަރުކާރެއްކަމަށް ހިތްޕުޅަށް އަރާވަޑައިގަންނަވާކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރކަމަށްވެސް ވާދަކުރައްވާ ޑރ.މުއިއްޒު މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ސަރުކާރުން މިހާތަނަށް އާ ފްލެޓްތަކެއް އެޅުމަށް މަސައްކަތްކޮށްފައި ނުވާއިރު، ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ހަވާލުކޮށްފައިވެސް ނުވާކަމަށެވެ. ޑރ.މުއިއްޒު ވަނީ މިއީ ނާގާބިލްކަމުގެ އިންތިހާކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މި ސަރުކާރުން ނުހައްގުން އެތަކެއް ރައްޔިތުންގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެއާ އެކު، މުއިއްޒު ވަނީ މިއީ އަނިޔާވެރި ސަރުކާރެއްކަމަށް ހިތްޕުޅަށް އަރާވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ހިތަށް އަރާ މިއީ ކޮންކަހަލަ ސަރުކާރެއްބާއޭ. ހާދަ އަނިޔާވެރި ސަރުކާރެކޭ!"، ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އިންތިޚާބްވެއްޖެނަމަ ވަކިޕާޓީއަކަށް ވަކިފިކުރަކަށް ބެލުމެއްނެތި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ކަމެއް ޙަވާލުކޮށްފިނަމަ ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކޮށްދީފައިވާ މީހެއްކަން ރައްޔިތުންވެސް ހެކިވާނެ ކަމަށެވެ. އަދި މޭޔަރު ކަމުގެ މަޤާމަށް ކުރިމަތިލެއްވީވެސް ހަމައެޢަޒުމުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.
02 Jul 2026
ސައިކަލެއް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް
މި ހާދިސާ ހިނގަން މެދުވެރިވީ ޕާކިންގ ޒޯނުން ސައިކަލު ނެރެން އުޅުމުގެ ތެރޭގައި، އޮޅިގެން ރޭސްމުގަނޑަށް އަނބުރާލެވި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.
02 Jul 2026
އެމެޒޯންއިން ކަސްޓަމަރުންނަށް އޮޅުވާލިކަމަށް ބުނެ ދައުވާކޮށްފި
އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.