އިންތިހާބު ފަސް ކުރަން ފުރުސަތެއް ނުދޭނަން: އިލެކްޝަންސް

Share on facebook
Share on twitter
Share on telegram
Share on whatsapp

އެޕްރީލް މަހުގެ 6 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ފަސްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިގޮތަށް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ތައްޔާރީތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކެމްޕެއިން ކުރެއްވުމަށް މުއްދަތެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި ކެމްޕެއިން ނުކުރައްވައި މުއްދަތު އިތުރުކުރައްވަން އުޅުއްވާނަމަ އެކަމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުލަން ނުޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިވެސް ކިޔާލާ:

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް މި ދުވަސްކޮޅު ވަނީ ގަދަވެފައެވެ. އެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވި ގޮތުގައި އިލެކްޝަންސް އިން ތިބީ އެކަމަށް ތައްޔާރު ވެގެން ކަމަށާއި މިހާތަނަށް އިންތިހާބު ލަސްކުރުމާއި ބެހެ މައްސަލައެއް ކޯޓަށް ހުށަހެޅި ކަމުގެ ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ.

""އަޅުގަނޑު މި ދަންނަވަނީ މި ފަހަރު ބާއްވާ މަޖިލިސް އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނޯންނާނެ." މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް އިން ވިދާޅުވި ގޮތުގައި އިންތިހާބުގެ ވޯޓު ކަރުދާސްތައް ވެސް މިހާރު ވަނީ ޗާޕުކޮށް ނިމިފައެވެ. މިފަހަރުގެ ވޯޓު ކަރުދާސް ޗާޕުކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓާސް އިންނެެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި