މުޅި ކްލަބް360 ފުރާލައި މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކްލަބް ތަފާތު ދައްކާލައިފި

19 Jan 2021 | 14:31

އިނގިރޭސިވިލާތުގެ ފުޓްބޯޅައިގެ ގަދަ ދެބާރު ކަމަށްވާ ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ރޭގެ ގަދަހިފުން ބަލާލުމަށް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީއެމްވީ)އިން ފޯރިގަދަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އެގޮތުން ގަލޮޅުގައި ހުންނަ ކްލަބް360ގައި އެ ކްލަބުން ވަނީ މެޗް ބެލުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިލޭ ކޮފީ އަދި ޑިނަރ ބުފޭ ހިމެނެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް މެންޗެސްޓަރ ޔުނައިޓެޑަށް ތަރުހީބުދޭ ގިނަ ފަރާތްތަކަކުން ވަނީ ކްލަބް360އަށް ގޮސްފައެވެ.

ރޭގެ ފޯރިގަދަ މެޗް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކްލަބް360 އަކީ އެމްޔޫއެސްސީއެމްވީގެ އޮފިޝަލް ފުޑް އެންޑް ބެވަރޭޖް ޕާޓްނަރެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގައި ރަޖިސްޓްރީކުރެވިފައިވާ އެމްޔޫއެސްސީއެމްވީގެ މަގްސަދަކީ މެންޗެސްޓަރ ޔުނައިޓެޑް ކްލަބްގެ ގިނަ ސަޕޯޓަރުން އެއްތަންކޮށް، ގިނަ ޖީލުތަކަކަށް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުން ދިރުވާ އާލާ ކުރުމެވެ. އެ ކްލަބުން ދަނީ މި މަގްސަދު ހާސިލްކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. 

Advertisement

ކޮމެންޓް