20 Jan 2021 | 15:04
މިސަރުކާރުން ރައްޔިތުންގެ ފައިސާއަށް ހަދަނީ ހަދާނެ އެއްޗެއް: ޝުޖާޢު

މިސަރުކާރުން ރައްޔިތުންގެ ފައިސާއިން ހަދަނީ ހަދާނެ އެއްޗެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސުޖާޢު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ މަގުތައް ތަރައްޤީކުރިއިރު، ތާރުއަޅާފައިވާ މަގުތަކުގެ ތާރުގަނޑު ކަނޑައިގެން ގޮސް މިހާރު އަލުން އެމަގުތައް ހަދަން ޖެހިފައިވާ ކަމަށް ބުނެ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކް ވިދާޅުވުމާއި ގުޅިގެން އެވާހަކަތަކަށް ރައްދުދެއްވައި ޓްވީޓް ކުރައްވަމުންނެވެ.

ޝުޖާޢު ވިދާޅުވީ، މާލޭގެ ތާރުމަގުތަކުގައި ފެންބޮޑުނުވާ ކަމަށެވެ."ތާރު މަގުގައި ފެންބޮޑެއް ނުވޭ.އަހަރެމެންނަކީ ދިވެހިން.އަދި ދެލޯ ހުރީ ސަލާމަތުން.ތި އުޅެނީ ވައްކަމެއް ކޮށްލެވޭތޯ.ރައްޔިތުންގެ ފައިސާއިން މިމީހުން ހަދަނީ ހަދާނެ އެއްޗެއް." ޝުޖާޢު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ތާރުމަގުތަކުގައި ތާރު ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން ހަދަންޖެހިފައިވާ ކަމަށް ވިދާޅުވެ، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ވަނީ ފާޑުވިދާޅުވެފައެވެ. އެބޭފުޅާވަނީ އެއީ އެއްވެސް ޕްލޭނެއްނެތި ކޮށްފައި ހުރި ކަމެއްކަން ފާހަގަކުރައްވައި، ތާރުގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން ހޮޅިލައިން އަޅަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ، މުޢިއްޒުގެ ހަތް އަހަރު ދުވަހު ވަޒީރުކަމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ނަތީޖާއެއް ނުނެރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ