21 Jan 2021 | 12:40
އިންޑިއާއިން ހަދިޔާ ކޮށްފައިވާ ވެކްސިނަކީ ޑަބްލިއުއެޗްއޯއިން ޤަބޫލު ކޮށްފައިވާ ވެކްސިނެއް ނޫން: އިދިކޮޅު

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ގަބޫލު ކޮށްފައިވާ ވެކްސިނެއް ނޫން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަންއިން މިހެން ބުނެފައިވާއިރު އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ 100،000 ޑޯޒްގެ ވެކްސިން އިއްޔެ ރާއްޖެ ގެނެސްފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު، ސިއްހީ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއް ކަމަށާއި، އަދި ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަން ތަކާމެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށެވެ.

ނަމަވެސް އިންޑިއާއިން ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބް.ލިޔު.އެޗް.އޯއިން އަދި ޤަބޫލުކުރާ ވެކްސިނެއް ނޫންކަމާއި އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫންކަމަށްވެސް މަޢުލޫމާތު ލިބިފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވުމާއެކު، މި ބަލިން ރައްކާތެރިވުމަށްޓަކައި ޑަބްލިއުއެޗްއޯއިން ޤަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަަމަށެވެ.

އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށާއި ވެކްސިން އެއް ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ.
17 Sep 2026
މޮރޮކޯ އާއި އިސްރާއީލުން އެމްބަސީ ފެންވަރަށް ގުޅުން މަތިކުރަން ނިންމައިފި
އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްރާއީލުން ފުރިހަމަ އެމްބަސީތައް ޤާއިމުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.
17 Sep 2026
އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
މި ނަތީޖާއަކީ އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު "މެޑްރިޑް ޑާބީ" ގެ ކުރިން އެތުލެޓިކޯއަށް ލިބުނު ބޮޑު އިތުބާރެއްކަމަށް ކޯޗް ސިމިއޯނީ ވަނީ ބުނެފައެވެ
17 Sep 2026
މާލޭގައި މާރާމާރީއެއް؛ ޒަޚަމްވި މީހަކަށް ފަރުވާދެނީ
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
17 Sep 2026
ފިހާރަތައް ހުޅުވާ ގަޑިތަކާއި ބަންދުކުރާ ގަޑިތަކުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލު
ފިހާރައެއް ހެނދުނު ހުޅުވާ ގަޑިއާއި ރޭގަނޑު ބަންދުކުރާ ގަޑި ނިންމާ ހިސާބުން އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ނިދާ ގަޑިއާއި ކެއުމުގެ ވަގުތާއި ޢާއިލީ ވަގުތުތައް ވެސް ބައްޓަންވާން ފަށައެވެ. ހެނދުނު ހެނދުނާ ފިހާރަ ހުޅުވާ ޤައުމުތަކުގައި މީހުން ކުރީބައިގައި ނިދައި ކުރީބައިގައި ހޭލާ ދިރިއުޅުމެއް އުޅެން ދަސްވެފައިވެއެވެ.
17 Sep 2026
ކެފެއިންގެ އަސަރު ތަފާތުވާ ސަބަބު ހޯދައިފި
ކެފެއިންގެ އަސަރު އެކި މީހުންނަށް ތަފާތުވަނީ ޖީންތަކާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ހަށިގަނޑުގައި އެ މާއްދާ ރޫޅާލެވޭ މިންވަރު ތަފާތުވާތީ ކަމަށް އައު ދިރާސާތަކުން ދައްކައެވެ.
17 Sep 2026
އިނގިރޭސި ލީގްކަޕުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފި
މިއީ ޖެހިޖެހިގެން ދެވަނަ އަހަރު މި މުބާރާތުގެ ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވި ފަހަރެވެ
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.