23 Jan 2021 | 19:53
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސީދާ ޙަރަކާތަށް ނިކުންނަނީ

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ސީދާ ޙަރަކާތަށް ނުކުތުމަށް އިދިކޮޅު ކޯލިޝަން ނިންމައި ޤަރާރެއް ފާސްކޮށްފިއެވެ.

މިޤަރާރު ފާސްކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެޕާޓީން މިއަދު ކުރިއަށް ގެންދެވި އެކޯލިޝަންގެ ކުއްލި ބައްދަލުކުރެއްވުމުގައި ކޯލިޝަން ހިންގެވުމާއި ޙަވާލުވެގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަޙީމް އެވެ.

މިއަދު ފާސްކުރި ޤަރާރުގައި ބުނެފައިވަނީ، ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އިއްވި ޙުކުމަކީ ސިޔާސީ ބޭނުމަށްޓަކައި، އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކާ ޚިލާފަށް އިއްވި ހުކުމެއް ކަމަށާއި، އަދި އެ ޙުކުމް ނަގަހައްޓަން ހައިކޯޓުގައި އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިހުގެ 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމަކީވެސް އެފަދައިން ސިޔާސީ ސަބަބުތަކަށްޓަކައި ނިންމާފައިވާ ޤާނޫނާއި ޝަރީޢަތާ ޚިލާފު ނިންމުމެއްކަން ފާހަގަވާ ކަމަށެވެ.

އަދި ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޒް ޙުސައިން ޝަހީދުގެ ރަޢުޔައަށް ބަލާލާއިރު، މި މައްސަލައަކީ ފެށުމުގައިވެސް ބާޠިލު ދައުވާއެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމާއި، ރައީސް ޔާމީނުގެ މައްޗަށް މައްސަލަ ސާބިތުކުރި ހެއްކަކީވެސް ބާޠިލު ހެކިތަކެއްކަން އެނގޭ ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

އަދި ދަޢުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު އަދީބާއި، ޒިޔަތުގެ ހެކިބަހަކީ ފާސިޤް ހެކިބަހެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެމައްސަލަ ބެއްލެވި 2 ފަނޑިޔާރުން އިއްތިފާޤްވާކަމާއި، ހެކީގެ ގޮތުގައި ހުށަހެޅުނު މުޢައްވިޒް ރަޝީދުގެ ހެކިބަސް ޤަބޫލުނުކުރަނީ ޝަރީޢަތުގައި އޭނާ ހެކިބަސް ދިނުމުގައި ދޮގުހަދާފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށްވެސް އެޤަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ހަމައެހެންމެ ފަނޑިޔާރު ޝަހީދުއަށް ފާހަގަކުރެއްވުނު މައިގަނޑު އެއްސަބަބަކީ ތަޙްޤީޤުގައި އެއްވެސް ވަރަކަށް އެކުށަކާ ގުޅޭގޮތުން ރައީސް ޔާމީން އަބްދުލްޤައްޔޫމް އާއި ސުވާލްކޮށްފައިނުވާ ކުށެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާއެއް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާ ޚިލާފަށް ޝަރީޢަތަށް ބަލައިގަނެ އެމައްސަލަ ކުރިއަށް ގެންގޮސް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެމައްސަލަ ހިންގައި އެމައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ަކމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިސަބަބުތަކާއެކު ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމާއެކު، އެޙުކުމަށް ހައިކޯޓުން ތާޢީދުކޮށްފައިވާ ޙުކުމަކީ ޤާނޫނީ ހަމަތަކާއި، ޚިލާފަށް ސިޔާސީ މަޤްސަދުތަކެއް ޙާސިލްކުރުމަށްޓަކައި ސަރުކާރުގެ ނުފޫޒާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް އެޤަރާރުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.