21 Feb 2021 | 10:14
އާރާ 8

އާރާ ގޮވައިގެން އިފްރާން އުދުއްސައިގަތެވެ. އިސާހިތަކު އާރާގެ ގޭގެ ބެލްކަންޏަށް އޭނާ އާރާ ބޭލުވިއެވެ. "އަހަރެން އަންނާނަން އާރާ ބަލާ…" މިހެން ބުނުމާއެކު އޭނާ އުދުހިގޮސް އާރާގެ ލޮލަށް ނުފެންނަވަރަށް އޮބާލައިފިއެވެ. އާރާއަށް ހުރެވުނީ ބަލާށެވެ. އެ ހިތް އިފްރާންއާއި ވަކިވާން ނޭދޭ ކަހަލައެވެ. އާރާގެ ބޮލަށް ކުއްލިއަކަށް ތޫނު ތަދެއްވިއެވެ. ބޮލުގައި ހިފާ އޭނާއަށް ތިރިވެވުނެވެ.

ގޭގެ ސިޓިންރޫމުގައި މުދިންބެ ކިޔަވަން އިނެވެ. ދާދި ކައިރީ ވަހީދު އާއި ހުސްނާ ވެސް ކެތްމަދުވެފައި ތިއްބެވެ. ހުސްނާއަށް އިރުއިރުކޮޅާ ރޮވެއެވެ. ގިސްލެވެއެވެ. އޭނާގެ ލޯބިވާ ދަރިފުޅު ނުފެނި އުޅެނިކޮށް ފަތިސްވަގުތުވާން ކައިރިވަނީއެވެ. ވަހީދުވެސް މުދިންބެއާއި ދިމާލަށް ނާއުންމީދީ ނަޒަރަކުން ބަލާލިއެވެ. މުދިންބެ ކުއްލިއަކަށް ލޯހުޅުވާލިއެވެ. "އެ މަންޖެ އެބަހުރި ބެލްކަނީގަ" މުދިންބެ އިޝާރާތުން ދައްކަމުން ބުނެލިއެވެ. ހުސްނާ ވަގުތުން ބެލްކަންޏާއި ދިމާއަށްދާން މިސްރާބުޖެހިއެވެ.

ބެލްކަނީގައި އާރާ ބޮލުގައި ބާރަށް ހިފަހައްޓައިގެން ތިރިވެ ހުއްޓެވެ. ހުސްނާގޮސް އާރާގެ ގައިގައި އޮޅުލައިގަތެވެ. "މަގޭ ދަރިފުޅާ…" ހުސްނާ އަށް ރޮވުނެވެ. ވަހީދު ފަހަތުގައި ހުރެފައި ތިރިއަށްގޮސް މުދިންބެ ކައިރީކިޔެވުން ހުއްޓަން އެދުނެވެ. މުދިންބެ ތެދުވެ ކިޔަވަން ގެންގުޅުނު ފޮތް ލައްޕާލިއެވެ. "އަދި މި ނިމުނީކީ ނޫން. މިވަގުތަށް މުދިންބެ މިދަނީ. ރަނގަޅު އެއްޗެއް ތައްޔާރު ކުރާނަން." ވަހީދުގެ ބުރަކަށީގައި ފިރުމާލަމުން މުދިންބެ ވާހަކަ ދެއްކިއެވެ. ވަހީދު އިސްދަށަށް ޖަހާލައިގެން ހުރީއެވެ. އަދި މި ފެށުނީކަން އޭނާއަށް އެނގޭކަހަލައެވެ.

މުދިންބެގެ ކިޔެވުން ހުއްޓުމާއެކު އާރާގެ ބޮލުން ތަދުފިލައިފިއެވެ. ހުސްނާގެ އަތްމައްޗަށް ޚަބަރު ހުސްވެގެން އާރާ ވެއްޓުނެވެ. އޭރުވެސް ހުސްނާ ހުރީ އާރާގައިގައި ބާރަށް ބައްދާލައިގެންނެވެ. ހުސްނާ ވަހީދަށް ގޮވައި ގެނެސް އާރާ އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ. ލިބުނު ސިހުމުގެ ސަބަބުން އާރާއަށް ވީގޮތެއްކަމުގައި ވަހީދު ބުންޏެވެ. "އަހަރެންގެ ދަރިފުޅު… ހޭއެރީމަ އެތަކެއް ސުވާލު ކުރާނެކަން ޔަގީން." ހުސްނާ ގިސްލަމުން ބުނެލިއެވެ. "އިހަށްދެން ތިވާހަކަ ބާއްވާ. ފަތިސް ނަމާދަށް އަހަރެން މިދަނީ. ހުސްނާވެސް ދެންދޭ ނަމާދުކޮށްލައިގެން އަރާމުކޮށްލަން." ވަހީދު ، ހުސްނާގެ ވާހަކަ މެދުކަނޑާލިއެވެ.

އައު ދުވަހަކަށް އިރު ފެނުންތޮޅިލާފިއެވެ. އާރާ ވާޅަށް ދެމިލަމުން ލޯ ހުޅުވާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހީވަނީ ވަރަށް އަރާމު ނިންޖަކުން ހޭލިހެންނެވެ. ރޭގެ ކަންތައްގަނޑު ހަނދާން ހުރިހެން ހީއެއްނުވެއެވެ. އާރާ ތެދުވެ ގަޑި ބަލާލިއެވެ. "އަސްތާ!! 10 ޖެހީމިހާރު؟" އަމިއްލަ މީހާއާއި އޭނާ ސުވާލުކޮށްލިއެވެ. އަވަސްއަރުވާލައިގެން ފެންވަރާ ރީތިވެލައިގެން އާރާ މަންމަ ގާތަށްދިޔައެވެ. "މަންމާ… ކޯޗެއް ސައިބޯން ހުރީ؟ ނުވެސް ގޮވަމެއްނު މިއަދު." އާރާ ހިނިތުންވެ ހުރެ ވާހަކަ ދެއްކުމުން ހުސްނާ ހައިރާންވިއެވެ. އެކަމަކު ރޭގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ އާރާ ކައިރީދައްކަން ހުސްނާ ފަސްޖެހުނެވެ.

"މަންމައަށް ވެސް ހޭލެވުނީ ތަންކޮޅެއް ލަހުން. އެހެންވެ ރިހާކުރު ކުޅިކޮށްފަ ހުނިރޮށި ފިހުނީ". ހުސްނާ ހަމަޖެހިލަމުން ބުނެލިއެވެ. އާރާ ތައްޓަށް ރިހާކުރު އަޅައިގެން ހުނިރޮށްޓެއް ހިފައިގެން ކާމޭޒު ދޮށުގައި އިށީނދެ ކާންފެށިއެވެ. ވަހީދު ގެއަށްއައުމުން ހުސްނާ އަވަސް އަވަހަށް ސިޓިންގްރޫމަށް ގޮސް ސިއްރު ސިއްރުން ވަހީދުކައިރީ ވާހަކަ ދެއްކިއެވެ. "ވަހީދޫ އަހަރުމެންގެ ނަސީބު އަތުގަ ހިފާފި. އާރާ ރޭގަވީ އެއްވެސް ކަމެއް ހަނދާނެއްނެތް.". ވަހީދުގެ މޫނު މަތިވެސް އުޖާލާވިއެވެ. ހިތާހިތުން މާތް ރަސްކަލާނގެއަށް ޝުކުރުއަދާކުރިއެވެ. "ކުރިންފަހަރުވެސް ސަލާމަތްވީ ހަމަ އެމަންޖެ ހަނދާންނެތުނީތީ ދޯ؟" ވަހީދު ބުނެލިއެވެ.

ސިޓިންގްރޫމާއި ޖެހިގެން ކާތަން ހުރުމުގެ ސަބަބުން އެދެމީހުން ދެއްކި ވާހަކަ އާރާއަށް އަޑުއިވުނެވެ. އާރާ ރޭގައިވީ އެއްވެސް ކަމެއް ހަނދާނެއްނުނެތެއެވެ. އޭނާ މިހާރު ބޭނުންވަނީ ހަޤީޤަތް ހޯދާށެވެ. އިފްރާން ދެއްކިވާހަކައިން އާރާއަށް ކަންތައްތަކެއް ޝައްކުވާތީއެވެ. މިފަހަރު މަންމައާއި ބައްޕަ އެ ދެއްކި ވާހަކައިން އާރާއަށް އޭނާގެ ކުޑައިރުގެ ހަނދާންތައް ނުހުންނަނީ ކީއްވެގެންކަން ކޮންމެވެސް ވަރަކަށް އެނގުނެވެ. ނަމަވެސް ހަނދާންނެތެން ދިމާވި ސަބަބެއް އޮޅުންފިލާގޮތެއް ނުވިއެވެ. އާރާ ގަސްތުުކުރީ މިވަގުތަށް އެންމެނަށް އޮޅުވާލައިގެން އުޅޭށެވެ.

ދުވަސްތައް ވޭތުވަމުންގޮސް އެރޭގެ ފަހުން ދެ އަހަރުވެއްޖެއެވެ. އާރާއަށް މި ދެއަހަރުގެ ތެރޭގައި އިފްރާންގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެކަމާ ހިސާބަކަށް އާރާ ކަންބޮޑުވެސް ވެއެވެ. ނަމަވެސް ކަންބޮޑުވާންވީ ސަބަބެއް އާރާއަކަށް ނުވިސްނުނެވެ. އެހެނީ އިފްރާންއަކީ އޭނާ މާބޮޑަށް ދަންނަ މީހެއްވެސް ނޫނެވެ. އިންސާނެއްވެސް ނޫނެވެ. އެކަމަކުވެސް ބޭއިޚްތިޔާރުގައި އޭނާއަށް އިފްރާން އާއި ދޭތެރޭ ވިސްނެއެވެ. ބައެއްފަހަރު މުދިންބެ އޭނަ މަރާލީބާއޭވެސް ހިތަށް އަރައެވެ.

އާރާގެ އުމުރުން 20 އަހަރެވެ. އާރާއަކީ މިހާރު ރަށުއޮފީހުގެ މުވައްޒަފެކެވެ. އެތަނުގައި މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ އޮފީހުގެ އެންމެ ޅަމުވައްޒަފަކީ އާރާކަމުން ހުރިހާ މީހުންވެސް އާރާއަށް ވަރަށް ރަނގަޅަށް ހިތައެވެ. އާދައިގެމަތިން އާރާ އޮފީހަށް ދާން ގެއިންނުކުތެވެ. ފަރިވެލައިގެން އޮފީސް ހެދުމުގައި ހުރިއިރު އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. މަގުމަތިންދާހާ މީހެއްގެ ބެލުންތަށް އަމާޒުވެފައި ހުންނަނީ އޭނާއާއި ދިމާލަށެވެ. ނަމަވެސް އޭނާއަށް މި ބެލުންތަކުގެ ސަބަބުން އުނދަގޫވެއެވެ.

އާރާ އޮފީހަށްވަދެ މޭޒުދޮށުގައި އިށީނދެ މަސައްކަތާއިގެން ކުރިއަށްދާން ފެށިއެވެ. އާރާގެ މައިގަނޑު މަސައްކަތަކަށް އޮންނަނީ ކުރީގެ ފޮތްތަކުގައި ރެކޯޑު ކުރެވިފައި ހުރި މަޢުލޫމާތުތައް ކޮންޕިއުޓަރުގައި ޓައިޕްކުރުމެވެ. މިއަދު އާރާ ހުޅުވާލީ 1995 ވަނަ އަހަރު ދުނިޔެއަށް އުފަންވި ކުދިންގެ މަޢުލޫމާތު ފައިލެވެ. އެ ފައިލުގައި ހުރި މަޢުލޫމާތުތައް ބަލަމުންދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ނަން ބަދަލުކޮށްފައިވާ ކުއްޖެއްގެ ލިޔުމަކަށެވެ. އެލިޔުމުގައިވަނީ 2007 ވަނަ އަހަރު އައިޝަތު ހިބާގެ ނަން އައިޝަތު އާރާ އަށް ބަދަލުކޮށްފައިވާ ކަމެވެ.

(ނުނިމޭ)

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި