Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 129 މީހުން!

16 Feb 2021 | 23:01

ދިވެހިރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 129 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 120މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 3 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،802އަށް އަރާފައެވެ. މީގެ ތެރެއިން 172މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 15633 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement