އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލަނީ ރައްޔިތުންގެއަޑު އުފުލުމުގެ މިނިވަންކަން ލިބޭތީ - ފުއާދު ތައުފީޤް

06 Dec 2018 | 13:35

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވީ މިހާރު ރާއްޖޭގެ ސިޔާސީ ޚާލަތު ހުރިގޮތުން ރައްޔިތުންގެ އަޑު މިނިވަން ގޮތުގައި ޕާޓީ ކެނޑީޑޭޓެއްގެ ގޮތުގައި ހުރެ އުފުލަން ދަތިވާތީކަމަށް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ވޮއިސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ މިހާރުގެ މަޖިލިސް މެންބަރުންގެ ވާހަކަ ތަކުންވެސް ހާމަވާގޮތުގައި އެބޭފުޅުން އެކި މައްސަލާގައި އަމިއްލަ ޒަމީރާ ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް ބައެއް ކަންކަމުގައި ޕާޓީލައިންގައި ވޯޓް ލައްވަން މަޖުބޫރުވެފައިވާކަމަށެވެ. އަދި އެއީ އޭނާ ޤަބޫލުކުރައްވާ އުސޫލެއްނޫންކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ޕާޓީލައިންގައި އަމިއްލަ ޤަބޫލުރުކުރުންތަކާ އެއްގޮތަށް ކަންކަން ނިންމުމުގެ ބާރު ނެތްކަމުގެ ވާހަކަތަކަކީ މަޖިލިސް މެންބަރުން ދައްކަމުންއަންނަ ވާހަކަތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ފުއާދަކީ އެމްޑީޕީ އަދި ރައީސް ނަޝީދާވެސް ވަރަށް ގާތްކަމެއް ބާއްވަމުން އަންނަ ފަރާތެއްކަމުގައި ވިއަސް ފުއާދަކީ އޭނާ ޤާބޫލުކުރާ ކަންކަމުގައި އެފަރާތްތަކާ ދެކޮޅައްވެސް އަޑުއުފުލާފައިވާ ބޭފުޅެކެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ބޭއްވި ބޯހިމެނުން އޭރު އިދިކޮޅު ޕާޓީއެއްގެގޮތުގައި އޮތް އެމްޑީޕީން ރައީސް ނަޝީދު އިސްވެ އޮވެ ބޮއިކޮޓްކުރުމުން އެކަމާ ފުއާދުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން ފުއާދު އިއުލާން ކުރައްވާފައިވަނީ ރޭ އޭނާކުރެއްވި ޓުވީޓަކުންނެވެ. ފުވާދު ވިދާޅުވާ ގޮތުގައި އަންނަ އަަހަރުގެ މާޗް މަހު ބާއްވާ އާންމު އިންތިހާބުގައި އޭނާ ވާދަކުރައްވާނީ މައްޗަންގޮޅި ދެކުނު ދާއިރާއަށްކަމާއި އަދި ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ފުއާދު ވަނީވިދަޅުވެފައެވެ.

ކޮމެންޓް