ސްލޮވާކިއާ އަތުން ބަލިވި މެޗަށްފަހު ޖަރުމަނުގެ ކުޅުންތެރިން ދަނޑުމަތީގައި..
ކުޅިވަރު
05 Sep 2025 | 15:29
ވޯލްޑްކަޕް ކޮލިފައިންގް ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ޖަރުމަނު ބަލިވެއްޖެ

ވޯލްޑްކަޕް ކޮލިފައިންގް ގުރޫޕް އޭގައި ރޭ ރަށުން ބޭރުގައި ސްލޮވާކިއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ސްލޮވާކިއާ އިން ކާމިޔާބުކޮށްފިއެވެ.

މިގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ލަގްޒަމްބާގް އަތުން 3-1 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް މޮޅުވެފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ނޮދަން އަޔަލޭންޑް އެވެ. ދެވަނައިގައި ސޮލަވާކިއާ އޮތްއިރު، ތިންވަނައިގައި މިވަގުތު އޮތީ ލަގްޒަމްބާގް އެވެ. އަދި ޖަރުމަނު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

ޖަރުމަނުން އެންމެ ފަހުން ކުޅުނު ޔުއެފާ ނޭޝަންސް ލީގު ތިންވަނަ ހޮވި މެޗުގައި ފުރާންސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ސްލޮވާކީއާ އެންމެ ފަހުން ކުޅުނު މެޗުގައި އިޒްރޭލް އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރުމަނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ސޮލަވާކިއާ އިން މެޗުގެ ލީޑިހޯދީ ފުރަތަަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭވިޑް ހެންކޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑޭވިޑް ޑޭވިޑް ސްޓްރެލެކް އެވެ.

މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ.

މީގެ އިތުރުން މިއީ ނުވަ އަހަރަށް ފަހު ޖަރުމަނު އަތުން ސްލޮވާކިއާ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ޖަރުމަނު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އެޓީމަށް މޮޅެއް ހޯދިފައި ނުވާއިރު މިއީ އެޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ