މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

28 Feb 2021 | 12:17

ޒޫމް މެދުވެރިކޮށް، އަންނަ މާޗު މަހު ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައި ވީނަމަވެސް ޤާނޫނުން ލާޒިމުކުރާ ބައްދަލުވުން ބޭއްވިފައި ނުވާ ކަމަށެވެ.

ނަމަވެސް ޒޫމް މެދުވެރިކޮށް މާޗު އަށެއް ވާ ހޯމަ ދުވަހުގެ ހަވީރު 4:00 ގައި ރައްޔިތުންނާ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުން ޕަބްލިކް ސާވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ހަމަޖެހިފައިވާއިރު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް