ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 196 މީހުން!

28 Feb 2021 | 23:02

ދިވެހިރާއްޖެއިން އިތުރު 196 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 196 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 178 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،793 އަށް އަރާފައެވެ. މީގެ ތެރެއިން 179 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 17،249 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement