އިމިގްރޭޝަނުން މިފަހުން ސްޕާއެއް ބަލާފާސްކުރި އޮޕަރޭޝަނެއް..
ހަބަރު
22 Sep 2026 | 18:34
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އެންމެފަހުން އޭނާ ދޫކޮށްލަން ޖެހިއްޖެއެވެ.

ކަނަކްޕޮން ނަމަކަށް ކިޔާ މި އަންހެން މީހާ އިމިގްރޭޝަނުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރިކަމަށް ވަނީ މަރާމާތައް ބަންދުކޮށްފައިވާ ސްޕާއެއްގެ ތެރެއިންނެވެ. އިމިގްރޭޝަނުން ކަނަކްޕޮން ދޫކޮށްލަން ނިންމީ ޝަރުއީ މަރުހަލާގެ ތެރެއިންނެވެ. އެއީ ކަނަކްޕޮން ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ޖުޑީޝަލް ރިވިއު ދައުވާއެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުންނެވެ.

މައްސަލާގައި ކަނަކްޕޮން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ރައްޓެހިންނާއެކު ކައްކަން ހުއްޓާ ކަމަށާއި، އެ ވަގުތަކީ އޭނާ ވަޒީފާ އަދާކުރާ ސެލޫން މަރާމާތަށް ބަންދުކޮށްފައިވާ ދުވަސްވަރެއްކަމަށެވެ. ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ތަވޮންގްނާ ވަނީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް، އަނބުރާ ގެންދިއުމަށް އެދިފައެވެ. އެއީ އިމިގްރޭޝަނުން އޭނާއާ މެދު އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށް، އޭނާގެ ހާލަތު އިއާދަކޮށްދިނުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވުމާ ގުޅިގެންނެވެ. މި އެއްބަސްވުމާ ގުޅިގެން، ސިވިލް ކޯޓުން އިއްޔެ ވަނީ މި މައްސަލަ ނިންމާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.