ދަޢުލަތުގެ މީޑިއާއަށް ޝުޖާއުގެ ތުހުމަތުތަކެއް

02 Mar 2021 | 11:44

ދައުލަތުގެ މީޑިއާގެ އެމްޑީ އެތަނުގެ މުވައްޒަފުންނަށް ނުފެންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ، ޕީއެސްއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމަށްފަހު، ޕީއެސްއެމްގެ 100އަށްވުރެ ގިނަ މުވައްޒަފުން ވަނީ އެތަނުގެ ވަޒީފާއިން ވަކިވެފައެވެ. ވަޒީފާއާއި ބެހޭ ޤާނޫނާ ޚިލާފަށް ތަނުގެ މުވައްޒަފުން ލައްވާ އަޅު މަސައްކަތް ކުރުވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޯވިޑް-19ގެ މިހާލަތުގައި މުވައްޒަފުންލައްވާ މަސައްކަތް ކުރުވަނީ އެއްވެސް ރައްކާތެރިކަމެއް ފޯރުކޮށްނުދީ ކަމަށެވެ. އެގޮތުން މާސްކްވެސް ނުދޭ ކަމަށް ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ ދައުލަތުގެ މީޑިއާ ބޮއްސުންލައި، ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އެތަނުގައި މަސައްކަތް ކުރަމުންދިޔަ ތަމްރީނު ލިބިފައިވާ ސްޓާފުން ވަކި ވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement