03 Mar 2021 | 19:02
ޢާޒިމްއަކީ ވަރަށް ރޭސިސްޓް ބޭފުޅެއް: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް އަކީ ވަރަށް "ރޭސިސްޓް" ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް، މަޑުއްވަރި ދާއިރާގެ މެމްބަރު ޢާދަމް ޝަރީފު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ޢާޒިމް ދެއްކެވީ ކުރީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ކުރިއަށް ގެންދިޔުމަށް މަސައްކަތް ނުކުރައްވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބުތަކެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލައިގެން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް ކުރީ ސަރުކާރުން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޢާޒިމްގެ ވާހަކައިގައި ވަނީ މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް "ވަށަފަރު މުޢިއްޒު" ކިޔުމަކީ މުޢިއްޒު ދަށްކޮށްލުން ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމުގައި ގޯސްކޮށް ހީކުރެވުނު ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމްގެ ވާހަކަ ކުރިއަށް ގެންދެވިއިރު، ތަކުރާރުކޮށް "ވަށަފަރު މުޢިއްޒު" މިބަސް ބޭނުން ބޭނުންކުރެއްވުމުން، ނިޒާމީ ނުކުތާ ނަންގަވައި، ޝިޔާމް ވިދާޅުވީ، ވަށަފަރު މުޢިއްޒުއޭ ކިޔާއިރު، ވެރިކަމުގައި ހުންނެވީވެސް މާލެއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށެވެ.

"ކުރީ ދުވަހު (ޢާޒިމް) ވިދާޅުވީ ވަށަފަރުން އައިސްހުރި މީހަކަށް ކިހިނެއްހެއްޔޭ މާލޭގެ މޭޔަރުކަން ކުރެވޭނީ. އެނގިވަޑައިނުގަންނަވާ އަމިއްލަ ޕާޓީގެ ރައީސް އެހުންނެވީ ހިންނަވަރުން ވަޑައިގެން. މުޅި ރާއްޖޭގެ ވެރިކަން އެކުރައްވަނީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ވަށަފަރުން ވަޑައިގެންނެވި ބޭފުޅަކަށް މާލޭގެ މޭޔަރުކަން ނުކުރެވެންވީ ކީއްވެގެންތޯ ސުވާލުކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ