03 Mar 2021 | 22:39
ކުރީގެ މާޒީއަށް ބަލައި 30 އަހަރޭ އަދިވެސް ގޮވާ: ދުންޔާ

ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ދިވެހީންނަށް ބޭނުންވަނީ އާ އުއްމީދެއް ކަމަށް ދިވެހި ނޭޝަނަލް އެކްޝަންގެ އިސް މެމްބަރު، އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިފްތިތާޙް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ދުންޔާ ވިދާޅުވީ، ދިވެހީން ބޭނުންވާފަދަ އުފާފާގަތި ދިވެހިރާއްޖެއެއް އަދިވެސް ދިވެހީންނަށް ނުލިބޭ ކަމަށެވެ. އަދި ދިވެހީން އެދޭ އިންސާފުގެ މަންޒިލާ ގާތަށްވެސް ދަތުރު ނުކުރެވޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާ ޤާނޫނު އަސާސީގައިވާ ޗާޓުގައިވާ ގޮތަށް ދަތުރު ފެށުނުތާ 13 އަހަރުވެފައިވާއިރު، ޝަރުޢީ ނިޒާމު މިނިވަން ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ލިބުނު ކާމިޔާބަށްވުރެ ފަހަތަށް އެޅުނު ފިޔަވަޅުތައް ގިނަ ކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ.

"މިނިވަން އަދި ޒިންމާދާރު މީޑިއާއެއް ބިނާ ކުރުމަށް މަސައްކަތްތަކެއް ކުރެވުނު. 2008 އިން 2021 އަށް މިކުރެވުނު ދަތުރުގައި ރާއްޖެއަށް ކާމިޔާބީތަކެއް ލިބުނު ކަމަށް އަޅުގަނޑުވެސް ޤަބޫލު ކުރަން. އެކަމަކު ހިތާމައަކީ ކާމިޔާބަށްވުރެ އަޅުގަނޑުމެންނަށް ފަހަތަށް އެޅުނު ފިޔަވަޅުތައް ގިނަކަން" ދުންޔާ ވިދާޅުވިއެވެ.

ޢަދުލު އިންސާފުގެ ނިޒާމަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ފާހަގަކުރައްވައި ދުންޔާ ވަނީ ކޮރަޕްޝަންގެ މައްސަލަތައްވެސް އިންތިހާއަށް ގިނަ ކަމަށް ވިދާޅުވެފައެވެ. ތަޢުލީމީ ޒުވާނުންނަށް ފުރުސަތު ނުދީ، އެކްޓިވިސްޓުންނަށް ބޮޑެތި މަޤާމުތައްވެސް ދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މައްސަލަތައް ހައްލުނުކޮށް، އެހެން ބައެއްގެ ބޮލުގައި ޒިންމާ އަޅުވަން މަސައްކަތް ކުރާ ސަރުކާރުތައް ވުޖޫދަށް އަންނަމުންދާކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރެވޭވަރުގެ އިދިިކޮޅު ޕާޓީއެއްވެސް ނެތް ކަމަށެވެ.

އަމިއްލަ މަސްލަހަތު ކުރިއެރުވުމުގެ ބަދަލުގައި ރައްޔިތުންނަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދޭ ސިޔާސީ ހަރަކާތެއް ދިވެހި ރައްޔިތުން ބޭނުންވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"މިހާލަތުން އަރައިގަތުމަށް މާޔޫސްވެފައިވާ ދިވެހި ރައްޔިތުން އާ އުއްމީދުތަކެއް ބޭނުންވޭ" ދުންޔާ ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ދުންޔާ ވިދާޅުވީ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި މި ސަރުކާރުން ބަރޯސާ ވަނީ ޤައުމުތަކުގެ އެހީއަށް ކަމަށެވެ. ރާއްޖެއަކީ މިނިވަން ޤައުމަކަށްވާއިރު، ރާއްޖޭގައި ބޭރުގެ ސިފައިން ޤާއިމުވެ ތިބެން ނުޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
17 Sep 2026
ތ.ގުރައިދޫގައި ބިދޭސީއަކު މެރުމުގެ ކުށް ސާބިތުވެ، ބަބުލް މިއާއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ގުރައިދޫގައި 2020 ގައި ބަންގްލަދޭޝް ރައްޔިތެއް ތޫނު އެއްޗަކުން މެރި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.