29 Mar 2021 | 15:21
ފުލެޓު މައްސަލައިގައި ފިއްލެވުމަށްފަހު، އިންތިޚާބު ކައިރިވުމުން ދިރިއުޅުމުގެ ހާލަތު ބައްލަވަނީ!

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ޒަމާންތަކެއްވެފައިވާ، މި މައްސަލަ ޙައްލު ކުރުމަށް އެކި ސަރުކާރުތަކުން އެކި މިންވަރަށް މަސައްކަތް ކުރިނަމަވެސް މިއަދާއި ހަމައަށްވެސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ހިންގާފައިވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އެއީ އެއްފަހަރާ ގާތްގަނޑަކަށް 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ހިޔާ މަޝްރޫޢެވެ.

އެ މަޝްރޫޢުގެ ދަށުން އެޅި ފުލެޓުތަކަށް އެދުނު އެތައްހާސް ބައެއްގެ ތެރެއިން، ރައީސް ޔާމީންގެ ވެރިކަމުގައި 9،000އަށްވުރެ ގިނަ މީހުންނަށް ލިޔުން ދިނެވެ. ނަމަވެސް އާ ސަރުކާރުން ވަނީ ފުލެޓުގެ ޙައްޤުވެރީން ކަނޑައެޅީ އަވަސް އަރުވާލައިގެން ކަމަށް ބުނެ އާ ލިސްޓެއް ނެރުމުގެ މަސައްކަތް ކޮށްފައެވެ.

އެ މަސައްކަތުގެ ތެރެއިން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެނައި ބަދަލުތަކުގެ ތެރެއިންވެސް އެތައް ފުލެޓެއް ގެއްލިގެން ދިޔައެވެ. އެއްކޮޓަރީގެ ފުލެޓު ބައިގައި ހިމެނުނު ތިން ކެޓަގަރީއެއް އުވާލުމާއި، ދެ ކޮޓަރީގެ ދެހާސް ފުލެޓުގެ ބަދަލުގައި، 1700 ފުލެޓު އަޅަން ނިންމިއެވެ. އެއީ މާލޭގެ ރަށްވެެހީންނަށް ޚާއްޞަކޮށްގެންނެވެ. ނަމަވެސް އެ މަޝްރޫޢުވެސް ކުރިއަކަށް ނުދެއެވެ.

ކޮންމެއަކަސް، ދަންނަވަން މިއުޅެނީ، މި ސަރުކާރުން އެކުލަވައިލި ފުލެޓު ކޮމިޓީގެ ނިންމުންތައް ރައްޔިތުންނަށް ގަބޫލު ނުކުރެވުނު ވާހަކައެވެ. ދެއަހަރު ދުވަހު އެކޮމިޓީން ކުރި މަސައްކަތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދައި، ނިކަމެތި ހާލުގައި އުޅޭ އެތައް ސަތޭކަ ބައެއްގެ ފުލެޓު އަތުލާފައިވާތީއެވެ.

އާނިސްއާއި، މަރިޔަމް ދައްތަ މެން ފަދަ ކުދި ކުދި ކޮތަރުކޮށިތަކުގައި އުޅޭ އެތައް ބައެއްގެ ފުލެޓު ގެއްލުނުއިރު، އެމީހުންގެ އާދޭހަކަށްވީ ފުލެޓު ކޮމިޓީން އެމީހުންގެ ދިރިއުޅުމުގެ ހާލަތު "ރަނގަަޅަށް" ބަލާލުމެވެ. އަދި ނުޙައްޤުން އަތުލި ފުލެޓު އަލުން އަނބުރާ ދިނުމެވެ.

ފުލެޓުގެ ޙައްޤުން މަޙްރޫމުވި ރައްޔިތުންގެ އާދޭސް އަހާނެ ބަޔަކު ނުވިއެވެ. އެކަމުގައި އަމިއްލަ ޖަމުޢިއްޔާއަކުން ކުރި ބުރަ މަސައްކަތްވެސް ސަރުކާރަށް ނުކުރެވުނެވެ. އަދި ހާލަތުގެ ފައިދާ ނަގައި، އިދިކޮޅު ފަރާތްތަކުންވެސް މިކަމުގައި ޙައްޤު ގެއްލުނު މީހުންގެ ފަރާތުން އެކި ޕޯޑިއަމްތަކުގައި އަޑު އުފުލަމުން ދިޔައިރު ސަރުކާރުގެ އިސްބޭފުޅުން ކަހާތަން ހިރުވާވެސް ނުލިއެވެ.

ނަމަވެސް އަނެއްކާވެސް އިންތިޚާބަކަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ފިއްލަވާ ތިއްބެވި ވެރީން ނުކުމެވަޑައިގެން، ކުލީގެ އަޅުވެތިކަމުގައި އުޅެމުންދާ ރައްޔިތުންގެ ހާލު އަހުވާލު ބައްލަވަން ފައްޓަވައިފިއެވެ.

އާމްދަނީ ލިބޭނެ ގޮތެއް ނެތް މީހުންނަށް އާމްދަނީ ލިބެންދެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުން ފެށިގެން، ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި އެންމެ 6،000 ރުފިޔާއަށް ހަމަޖައްސައިދިނުން ފަދަ ވަޢުދުތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބޯހިޔާވަހިކަމުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދުތަކެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ބޯހިޔާވަހިކަމުގެ ދެ މަޝްރޫޢެއްގައި ސޮއިކުރިނަަމަވެސް، އެއްވެސް މަޝްރޫޢެއްގެ ޢަމަލީ މަސައްކަތެއް ނުފަށައެވެ. އެހެންކަމުން ކުރިން ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދާ މިހާރު ނުކުމެވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި، ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެނަމަ، ކައުންސިލްތަކަށް ބާރުވެރިކަން ދީ، ފުލެޓާއި ގޯތި ދޭނަމޭ ބުނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ.

އާ ފުލެޓެއް ނޭޅޭއިރު، ކުރިން ސަރުކާރަކުން އަޅާދިން ފުލެޓުތަކެއް ހުރިނަމަ، އެ ފުލެޓުތައް ޙައްޤުވެރިންނަށް ލަސްނުކޮށް ދޭން ޖެހެއެވެ. އެހެނީ، ރައްޔިތުންނަށް މުހިންމުވަނީ ފުލެޓު އެޅި ސަރުކާރެއް ނޫނެވެ. ފުލެޓު ލިބުމެވެ. ކޮންމެ ސަރުކާރަކުން އެޅި ނަމަވެސް ވެހެވެ. އަދި ކުދި ކޮތަރު ކޮށިތަކަކަށް ވީނަމަވެސް ވެހެވެ. މޮޅު ފުލެޓުތައް އަޅާން ވަޢުދުވާ މީހުން ގިނަޔަސް، އެއީ މިހާތަނަށް ރައްޔިތުންނަށް ފެނުނު ކަމެއް ނޫނެވެ. ފުލެޓު ދޮންބެއާއި، ފުލެޓު ބައްޕަވެސް ފާޅުވަނީ އިންތިޚާބުތަކާ ދިމާކޮށެވެ. މިއީ މިހާރު ރައްޔިތުން ދަންނަ ޙަޤީޤަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.