ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނެ ވާހަކައެއް ނުދައްކަން: ރައީސް ނަޝީދު

Share on facebook
Share on twitter
Share on telegram
Share on whatsapp

ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ވާހަކަ ދައްކާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުން ފަރާތަކުން އެމަނިކުފާނަށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ ކެމްޕެއިން ތެރޭގައި ކޯލިޝަނުގެ ތެރޭގައި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނެ ވާހަކަ އެއްވެސް ބޭފުޅަކު ނުދައްކަވައި ކަމަށެވެ. އަދި ރައީސް ސޯލިހުވެސް އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސުވާލު ކުރުމުން ހައިރާންވެ ހުންނަވައި ނަޝީދު ވަނީ އެއީ 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ދެއްކި ވާހަކައެއްތޯ ސުވާލުކުރައްވައިފައެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކައެއް ކަމަށް ދެންނެވުމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އިންތިހާބުކުރީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ކަމަށެވެ.

މިވެސް ކިޔާލާ:

"އަޅުގަނޑު ހަނދާނެއް ނުވޭ ރައީސުލްޖުމްހޫރިއްޔާ އަހަރެއްގެ ފަހުން. އަދި އަޅުގަނޑުމެން އެކަކުވެސް އަހަރެއްގެ ފަހުން އިންތިހާބެއް ބާއްވާނެ ވާހަކައެއް ދެއްކި ހަނދާނެއް. އަޅުގަނޑުމެން ނުދައްކަން. ފަސް އަހަރުގެ ޓާމެކޭ އަޅުގަނޑުމެން ދެންނެވީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިރު، 2018 ގެ ޖޫން މަހުގެ ތެރޭގައި ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ، 11 ނޮވެންބަރު 2018 ހެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ މިހާރު އޮތް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުތަކާއެކީގައި ކަމަށެވެ.

އެމަސައްކަތް ވާންޖެހޭނީ އިންތިގާލީ ވަގުތީ ސަރުކާރަކަށް ކަމަށާއި މި ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަންދެން ކަމަށް އޭރު އެމަނިކުފާާނު ވިދާޅުވިއެވެ.

"11 ނޮވެންބަރު 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، އަދި އިންތިގާލީ އަދާލަތު ދިވެހި ރައްޔިތުންނަށް ހޯދައިދީ، ދިވެހި ރާއްޖޭގެ ޓެކްސްގެ ނިޒާމްވެސް، ދާހިލީ ކަންކަންވެސް. ހާރިޖީ ކަންކަންވެސް، ދިވެހިން އެއްބައިވެގެން ކުރަންޖެހޭ ކިތަންމެ ކަމެއް ކުރުމަށް މި އަހަރެއްހާ ދުވަސް އަޅުގަނޑުމެން ނެގުމަކީ ބުއްދިވެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި