ތިން މީހުންނާއެކު ދަތުރުކުރި ތެޔޮ ބޯޓެއް އަޑިއަށް ގޮސްގެން ސިފައިން ޙަރަކާތްތެރިވަނީ

29 Mar 2021 | 14:57

ކ.ތިލަފުށިން ހުޅުމާލެއަށް ދަތުރުކުރި ތެޔޮ ބޯޓެއް އަޑިއަށް ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ކ.ތިލަފުށިން ފުރައިގެން ހުޅުމާލެއަށް ދަަތިރުކުރި ތެޔޮ އުފުލާ ބޯޓު "ސަވާރީ" މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މިޙާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 11:00 ހާއިރުކަމަށްވެސް އެއިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

މިހާދިސާގައި އެ ބޯޓުން ދަތުރު ކުރި ތިން މީހުން އެތާ ކައިރީގައި އޮތް ސަފާރީއަކަށް ނަގާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު އަޑިއަށްދިޔަ ތެޔޮ އުފުލާ ދޯނީގައި 10،000 ލިޓަރުގެ ޑީސަލް ހުރިކަމަށާއި މި ތެޔޮ ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި  ދިވެއްސަކާއި 2 ބިދޭސީން ތިބި ކަމަށެވެ.

Advertisement

ކޮމެންޓް