ބަރުދަން ލުއިކުރަން ބޭނުންތަ؟ މިކަންކަމަށް ސަމާލުކަންދީ!

05 Apr 2021 | 11:39

މާބޮޑަށް ފަލަވެ، ޞިއްޙީ ގޮތުން މައްސަލަ ދިމާވާ ހިސާބަށް ދިޔުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، ބައެއް ފަހަރު ކެއުން ބުއިމާއި، ކަސްރަތު ކުރުމުގައި ސަމާލުކަންދޭން ޖެހޭ ވަރަށް ނުދެވުމުގެ ސަބަބުން ހަށިގަނޑަށް ތިމާ ނޭދޭ ބަދަލުތައް އާދެއެވެ.

ކައްޓާއަކަށް އަރައި ކިރައިލުމުން މާޔޫސްވާ ވަރަށެވެ. ދެން އޮތީ ހިތްވަރުކޮށް ހިކެން މަސައްކަތް ކުރުމެވެ. ބަރުދަން ލުއި ކުުރުމަށްޓަކައި އާންމުކޮށް ކުރެވޭ ކަމަކީ ކެއިން މަދު ކުރުމާއި، ކަސްރަތު ކުުރުމެވެ.

ނަމަވެސް މިކަންކަން ކުރާއިރުވެސް، އެދެވޭ ނަތީޖާއެއް ނުފެނި ލަސްވުމަކީ ގިނަ މީހުންގެ ޝަކުވާއެކެވެ.

އެހެންކަމުން، ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާއިރު، ފަރުވާ ކުޑަކޮށްލެވޭ ކޮންމެވެސް އެހެން ކަމެއް އޮވެދާނެއެވެ. އެފަދަ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ފެންބުއިން:

ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެނުމަށް އެދޭނަމަ، ހަށިގަނޑު ޑީހައިޑްރޭޓްވިޔަ ނުދީ ރަނގަޅަށް ފެންބުއިމަށް އިސްކަން ދޭށެވެ.

މާބޮޑަށް ކަންކަމާއިމެދު ފިކުރު ކުރުން:

ސްޓްރެސް ވުމަކީވެސް ބަރުދަން ލުއި ކުރުމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން ބަރުދަން ލުއި ކުރުމުގައި އަވަސް ނަތީޖާއެއް ފެންނާން އެދޭނަމަ، ކަންކަމާއި ފިކުރު ނުކުރާށެވެ.

ކުރާ ކަސްރަތަށް ބަދަލު ގެނައުން:

އަބަދު އެއް ކަސްރަތުތަކެއް ކުރާނަމަވެސް ބަރުދަން ލުއިވާލެއް ލަސްވާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެެެއެވެ. އެހެންކަމުން ތަފާތު ކަސްރަތުތައް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. 

Advertisement

ކޮމެންޓް

Advertisement