07 Apr 2021 | 05:29
މުއްދަތު ހަމަވި އިރު، އަލީ ވަހީދުގެ އެޑްރެސް ޕީޖީއަށް ނޭނގޭ ކަމަށް ބުނެފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހައިކޯޓުން ދިން މުއްދަތު ހަމަވި އިރު، އޭނާ އުޅުއްވާ އެޑްރެސް ނޭނގޭކަމަށް ޕީޖީން އަންގައިފިއެވެ.

ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ ކުށުގެ ދައުވާތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، ބޭސްފަރުވާގެ ބޭނުމަށް ރާއްޖެއިން ބޭރަށް ދިޔައިރު ޕާސްޕޯޓް ދޫކުރުމަށް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ހޯމަ ދުވަހު ވަީ މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

އިއްޔެގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ފުރަތަމަ ކުރެއްވި ސުވާލުގައި ދައުލަތުން މިމައްސަލައިގައި އިސްތިއުނާފަށް ހުށަހެޅި ފޯމުގައި އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސްގެ ގޮތުގައި ޖަހާފައިވާ އެޑްރެސް ސާފު ނުވާ ކަމަށް ޖަހާފައި ވެއެވެ.

އެހެންކަމުން އެއީ އަލީ ވަޙީދު އުޅޭ އެޑްރެސްތޯ ދައުލަތުގެ ކިބައިން އޮޅުންފިލުއްވި އެވެ. ފަނޑިޔާރު މިސުވާލު ކުރެއްވީ އަލީ ވަހީދުގެ އެޑްރެސްގެ ގޮތުގައި މާލޭގެ އެޑްރެހެއް ޖަހާފައި އޮތުމުންނެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެހެއްގެ ގޮތުގައި ކޯޓަށް ދެއްވާފައިވަނީ މ. ފުރަހަނި ތިންވަނަ ފަންގިފިލާ ކަމަށެވެ. އެހެން ނަމަވެސް އެ ގޭގައި އަލީ ވަހީދު ނޫޅުއްވާ ކަމަށާއި ފޯނު މެދުވެރިކޮށް ވަޓްސްއެޕް، ވައިބަރު އަދި އީމެއިލްގެ ޒަރިއްޔާއިން ވެސް އަލީ ވަހީދަށް ޗިޓް ފޮނުވި ނަމަވެސް އޭނާއަށް އެ ޗިޓް ލިބުނުކަން ޔަގީންވެފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އިސްތިއުނާފް ފޯމުގައި ޖަހާފައިވަނީ އަލީ ރާއްޖޭގައި ދިރިއުޅުއްވާ އެޑްރެސް ކަމަށާއި މިހާރު ހުންނެވި އެޑްރެސް ދައުލަތަށް ވެސް ސާފު ނުވާ ކަމަށެވެ. އަދި ދައުލަތުން ދިން ޖަވާބާއި ގުޅިގެން ފަނޑިޔާރު ފައިސަލް ވަނީ އަލީ މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފުކުރުމަށްފަހު ބުދަ ދުވަހުގެ މެންދުރު ފަހު ދޭއްގެ ކުރިން އެންގުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.