07 Apr 2021 | 13:55
ދިމްޔާތު އިމާރާތް ކުރެއްވިގޮތް ތަފުސީލުކޮށް ދެއްވައިފި

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެ ހެއްދެވި ގޮތުގެ ތަފުސީލު އެމަނިކުފާނު ހާމަކުރައްވައިިފި އެވެ.

ސަންގު ޓީވީން ގެެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޑރ މުޢިއްޒުވަނީ އެބޭފުޅާގެ ގެ މާފަންނު ދިމްޔާތު އިމާރާތްކުރެއްވި ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެފައެވެ. އެޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ މުޢިއްޒުގެ "މާފަންނު ދިމްޔާތު" ގެ ހެއްދެވީ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫޢުގެ ފައިސާ އިން ވައްކަންކޮށްގެން ކަމަށް ތުހުމަތު ކުރެވޭތީ އެކަން ހިނގައި ދިޔަގޮތް ސާފުކޮށްދެއްވުމަށެވެ.

އެސުވާލުގެ ޖަވާބުގައި މުޢިއްޒު ވިދާޅުވެފައިވަނީ، ދިމްޔާތު އަކީ އެބޭފުޅާގެ ބައްޕަގެ ގޯއްޗެއް ކަމަށާއި، ބައްޕަ ނިޔާވުމުން އެ ގެ ލިބި ވަޑައިގަތީ ކަމަށެވެ. އަދި 1990 ވަނަ އަހަރުން ފެށިގެން ދިމްޔާތަކީ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން އައި ގެއެއް ކަމަށާ އެ މަަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް ބައްޕަ ހޯއްދަވަމުން ވެސް ގެންދެވި ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ގެއަކީ އަޅުގަނޑުގެ ބައްޕަގެ ގޯއްޗެއް. މާފަންނު ދިމްޔާތު. ބައްޕަގެ ހުރި ހަމައެކަނި ކުއްޖަކީ އަޅުގަނޑު. ބައްޕަ އަވަހާރަވުމުން އަޅުގަނޑަށް ގެ ލިބިގެން ދިޔައީ. ބައްޕައަކީ 1990 ހިސާބުން ފެށިގެން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމުގެ މަސައްކަތް ކުރަމުން އައި ބޭފުޅެއް. މާލޭގެ ގިނަ ރައްޔިތުން އަދި އަތޮޅުތަކުން ހޮސްޕިޓަލަށް އައިޖީއެމްއެޗްއަށް އަންނަ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ކޮޓަރި ހިފާނީ ދިމްޔާތުން. އެހެންވީމަ ވަރަށް ޒަމާނުއްސުރެ އާމްދަނީ ލިބިލައްވަމުން ދިޔައީ،" މުޢިއްޒު ވިދާޅުވި އެވެ.

އަދި މިހާރު އެތަނުގައި ހަދާފައި ހުރި ދިމްޔާތު ސްޓޭ ހޮޓަލަކީ، އޭރު ލިބިފައި ހުރި ފައިސާ އާއި، އިންޖިނިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިގެން ލިބުނު ފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނެއް މެދުވެރިކޮށް އެޅި އިމާރާތެއް ކަމަށްވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މުޢިއްޒު ވިދާޅުވީ ދުވަހަކުވެސް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެ ވަޑައިގެންފައި ނުވާނެ ކަމަށާއި އެކަން ހައުސިން މިނިސްޓަރުކަން ކުރެއްވި ހަތް އަހަރުގައި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުން ހެކިވާނެ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ މި މަޢުލޫމާތުތަކަކީ ވަރަށް ފަސޭހައިން ހޯދާލެވޭނެ މަޢުލޫމާތު ކަމަށާއި އިސްލާމިކް ބޭންކު މެދުވެރިކޮށްވެސް މިމަޢުލޫމާތު ބަލާލެވޭނެ ކަމަށެވެ. އަދި އޭނާ އަކީ އެއްވެސް މަޝްރޫޢުއަކުން ނާޖާއިޒު މަންފާއެއް ދުވަހަކުވެސް ހޯއްދަވާފައިވާ ބޭފުޅެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.