ބަނގުރާފުޅިތަކަކާއެކު ދެބިދޭސީއަކު ހައްޔަރުކޮށްފި

08 Apr 2021 | 14:16

ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕީއެލް ޖެޓީ ކައިރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ހުއްޓުވި ކާރެއްގެ ޑިކީން ފެނުނު ދަބަހެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނުމާ ގުޅިގެންނެވެ.

39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ބްރިޖު ހައިވޭ އިން ދުއްވާ ދަނިކޮށް ހުއްޓުވައި، އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ފުޅި ފެނުމާ ގުޅިގެންނެވެ.

މި ދެމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް