މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް އަންނަ މަހު ހުޅުވާލަނީ

07 Apr 2021 | 22:51

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢު އަންނަ މަހު ހުޅުވައިލާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ ކުރިއަށްހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމުގެ އުސޫލު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

މާކްސް ދޭނެ ގޮތް ހިމެނޭ ގޮތަށް ހިޔާވަހިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި، މިއަދު އެ ފޯމު އާންމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އެއާއެކު އަންނަ މަހުގެ ތެރޭގައި ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ ތިން ކެޓަގަރީއަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑްލް އިންކަމްގެ ކެޓަގަރީއެއް ކުރިއަށް ގެންދިއުމެވެ.

މި ތިން ކެޓަގަރީއަށް ކޮންމެ ވަޒީފާއެއް އަދާކުރިއަސް ކުރިމަތިލެވޭނެ ގޮތަށް ހުޅުވާލަން އޮތީ ނިންމައިފައެވެ.

Advertisement

ކޮމެންޓް

Advertisement