ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ މަހުގެ 23ގައި

08 Apr 2021 | 15:53

މިއަހަރު ދިނުމަށް ހަމަޖެހިފައި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް މީޑިއާ ކައުންސިލުން ބުނީ، މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުން އޮންނާނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

މިފަހަރު 12 ދާއިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ނޫސްވެެރިންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން، ނަން ހުށަހެޅުމަށް ދެފަހަރަށް ހުޅުވައިލިއިރު، 87 ހުށަހެޅުން ލިބުނު ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނިގޮތުގައި، މިފަހަރަކީ ނޫސްވެރިކަމުގެ އިނާމަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު ފަހަރެވެ. އެކަން ފާހަގަކޮށް، މީޑިއާ ކައުންސިލުން ވަނީ އިނާމަށް ކުރިމަތިލާފައިވާ ނޫސްވެރިންނަށް ޝުކުރުއަދާ ކޮށްފައެވެ. 

ކޮމެންޓް