އިންޑިއާ ގާމަންޓް ފެކްޓްރީއެއް... ފޮޓޯ: ރޮއިޓާސް
ދުނިޔެ
03 Jul 2025 | 08:31
އިންޑިއާ ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރެވޭނެ: ޓްރަމްޕް

އިންޑިއާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތް ނިމި، ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއެކުރެވެނެކަމަށް ބެލެވޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެއަރފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކުންފުނިތަކުން އުފައްދާ މުދަލާއި ދޭ ޚިދުމަތަށް އިންޑިއާއިން ނަގާ ޓެރިފް ކުޑަކުރުމަށް އެގައުމުން ތައްޔާރަށް އޮތްކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ބީދައިން އިންޑިއާއިން އަމަލުކޮށްފިނަމަ، އެމެރިކާއިން އިއުލާންކުރި 26 އިންސައްތަ ޓެރިފް ބޮޑުތަނުން ކުޑަ ކުރެވޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ މީގެ ކުރިންވެސް އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ހެދިދާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަންގާރަ ދުވަހުގެ މި އިއުލާންކުރެއްވުމަކީ މިމަސައްތުގެ ދުވެލި އަވަސްވެފައިވާކަމުގެ ހެއްކެކެވެ. ދާދިފަހުން އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ފޮކްސް ނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑިއާއާއެކު މަޝްވަރާކުރެވެމުންދާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކާ ހިސާބަށް އައިސްފައިވާކަމަށެވެ.

އެއްބަސްވުމުގެ މަޝްވަރާތަކަށް މިވަގުތު ވޮޝިންޓަނުގައި ތިބި އިންޑިއާގެ އޮފިޝަލުންގެ ދަތުރު މިދިޔަ ހަފްތާގައި ދިގުވެސްކޮށްފައިވެއެވެ. ސަބަބަކީ ދެގައުމުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި ހުރި ބައެއް ކުދިކުދި ކަންކަން ހުރުމާއެކު، އެކަންކަމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

ދުނިޔޭގެ ބޮޑު ބަޔަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން ޓްރަމްޕް ނިންމެވި ނިންމެވުމަށް އަމަލުކުރުން ފަސްކޮށްފައިވާ މުއްދަތު ހަމަވާނީ އަންނަ ހަފްތާގައެވެ. ޖުލައި 9 ގެ ޑެޑްލައިންގެ ކުރިން އެމެރިކާއެކު އެއްބަސްވުމަކަށް އައުމަށް ގިނަ ގައުމުތަކަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ