N/A
N/A
ހަބަރު 08 Apr 2021 | 15:57

ޗައިނާގެ ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ޖަންގ ލިޖޮންގް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް މިއަދު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް މި ބައްދަލުވުމުގައި، ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމްބެސެޑަރ ޖަންގ ކުރެއްވި މިންނެތް މަސައްކަތަށާއި، އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް މިނިސްޓަރ ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ.

ކުރިއަށް އޮތްތަނުގައިވެސް ޚާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމްބެސެޑަރ ޖަންގ ދެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހިން އެމަނިކުފާނާއި ބެހެއްޓެވި ގާތްކަމާއި މެހުމާންދާރީއަށާއި، ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންނަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑަރ ޖަންގވަނީ ޝުކުރުދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއާއި، އިޖުތިމާޢީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑަރ ޖަންގގެ މަގުބޫލުކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް އެމްބެސެޑަރ ޖަންގއަށް މިނިސްޓަރ ޝާހިދު ޝުކުރުދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުޙަބާ ދަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސަފީރު ޖަންގ ލިޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ޙަފުލާގައިވެސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އިއްޔެ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

އެޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތަށާއި، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުނު އެތަކެއް މަޝްރޫޢުތަކަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑަރ ލިޖޮންގްއަށް ޝުކުރުދަންނަވާފައެވެ. އެމްބެސެޑަރ ލިޖޮންގްއަކީ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކޯރގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްކަމާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައިއާއި، ޚާރިޖީގޮތުން ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާއި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށް މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރައްވިއެވެ. އަދި އެމްބެސެޑަރ ލިޖޮންގގެ މަސައްކަތް ދިވެހިން ހަނދާން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްބެސެޑަރ ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޭތުވެދިޔަ ހަފުތާގައި ސްކޭމްތަކުގައި 387،881 ރުފިޔާ ފޭރިއްޖެ
19 Oct 2026 ހަބަރު

ވޭތުވެދިޔަ ހަފުތާގައި ސްކޭމްތަކުގައި 387،881 ރުފިޔާ ފޭރިއްޖެ

ވޭތުވެދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއްގައި 387،881 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 208،708 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި
19 Oct 2026 ހަބަރު

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ބަންދު މުއްދަތު އިތުރުކުރީ މަރިޔަމް އިޝާ އަޝްރަފް، ހުސައިން ޝާވިން އަދި މުހައްމަދު ނާހިލްގެ ބަންދަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ
19 Oct 2026 ހަބަރު

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ

އޭނާ އިސްތިއުފާ ދީފައިމިވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެ ހަރަކާތަށް ނިސްބަތްވާ ބައެއް އިލްމުވެރީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
19 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގެ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެވެ.

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
19 Oct 2026 ހަބަރު

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓްތަކެކެވެ.

ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ
19 Oct 2026 ހަބަރު

ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު ބާރަ އިން ފެށިގެން ކަމަށެވެ. މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނުގައި ފުލުހުން ވަނީ މަގު ބަންދުކުރުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް ނެގުމަށްވެސް އަންގާފައެވެ.