މާފަންނު މެދު ދާއިރާގެ ކައުންސިލަރަކަށް ނަރީޝް އިންތިޚާބުވެއްޖެ

12 Apr 2021 | 01:18

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަޙްމަދު ނަރީޝް އިންތިޚާބުވެއްޖެއެވެ.ޱ

"ވޮއިސް"އާއި ވާހަކަ ދައްކަވަމުން ނަރީޝް މަޢުލޫމާތުދެއްވި ގޮތުގައި އެބޭފުޅާއަށް ވަނީ އެ ދާއިރާގެ މާލޭގައި ބެހެއްޓިފައިވާ ހަ ވޯޓުފޮށިން ކުރި ހޯއްދަވާފައެވެ. މި ފޮށިތަކުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގެ ކުރި ހޯއްދަވާފައިވަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ނަރީޝްއާއި ދެކޮޅަށް މި ދާއިރާއަށް ވާދަކުރައްވާފައިވަނީ އިތުރު ދެ ބޭފުޅެކެވެ. އެއީ އެމްޑީޕީން ވާދަކުރެއްވި އަޙްމަދު ރިޝްވާން އަދި އެމްއާރްއެމްއިން ވާދަކުރެއްވި އިބްރާހީމް އިޤްބާލެވެ.

ވަގުތީ ނަތީޖާ


Advertisement

ކޮމެންޓް