12 Apr 2021 | 21:07
ރަމަޟާން މަހުގައި ގުޅުންތައް ބަދަހިކޮށްދިނުމަށް އުރީދޫގެ ޚާއްސަ އޮފަރތަކެއް!

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، މި ބަރަކާތްތެރި މަހުގައި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރތަކެއް މިއަދު ތަޢާރަފްކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެތެރޭގައި:


ސުޕަރނެޓް ރައުޓަރސް މޫލީ މެދުވެރިކޮށް ބައްލަވައިގަންނަ ފަރަތްތަކަށް %40 ޑިސްކައުންޓް:

ސުޕަރނެޓްގެ ޚިދުމަތް މި ރަމަޟާންމަހުގެ ތެރޭގައި މޫލީ މެދުވެރިކޮށް ނަންގަވާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން ސުޕަރނެޓް ރައުޓަރ ގެ އަގުން %40 ޑިސްކައުންޓްލިބިގެންދާނެއެވެ.

އެމް-ފައިސާ އަދި ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން

އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލައްވާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ.

މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ޕްރިޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރިޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.

ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަރޓް

ވައިބަރ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ޚިދުމަތާއި އެކު، ނަމާދު އެލަރޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެއްވޭނެއެވެ.

ވައިބަރ ބޭނުން ނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

ރީތިޓިއުންސް

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ ފަހިކޮށްދީފައެވެ:

އާޗާ ޕްރިޕެއިޑް ޑެއިލީ ޑޭޓާ ޕްލޭންސް

އާޗާ ޕްރިޕެއިޑް ޑެއިލީ ޕްލޭންތައް މެދުވެރިކޮށް މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ އާއި ހަމައަށް ޑޭޓާ އަދި އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ. އާޗާ ޕްރިޕެއިޑް ޑެއިލީ ޑޭޓާ ޕްލޭންސް މެދުވެރިކޮށް ހެޔޮ އަގުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް 3ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

އާޗާ ޕޯސްޓްޕެއިޑް ޕްލޭންސް

އުރީދޫ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 6 ގުނަ އިތުރު ޑޭޓާއާއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ. މި އައު ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު 2ޖީބީ އިން ފެށިގެން 6ޖީބީ އާއި ހަމައަށް ޑޭޓާ އައުވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.


އުރީދޫއިން ރަމަޟާންމަހަށް ޚާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ އުރީދޫ މޯލްޑިވްސްގެ ޕްރެސް ރިލީސެއްގެ މައްޗަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.