ބައެއް ވޯޓުފޮށިތައް އަލުން ގުނާތީ އިދިކޮޅުން އީސީ ކައިރީގައި މުޒާހަރާ ކުރަނީ!

13 Apr 2021 | 14:03

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް ނިންމާފައިވާއިރު، އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އީސީ ކައިރީގައި މުޒާހަރާ ފަށައިފިއެވެ.

އިދިކޮޅުން ބާޖަމާލުއްދީނަށް ވަދެ ކުރަމުންދާ މުޒާހަރާގައި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި އިބްރާހީމް ޝުޖާޢުއާއި، މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި މުޙައްމަދު ނިމާލްވެސް މުޒާހަރާއިން ފެނެއެވެ. އެދެބޭފުޅުންނަކީވެސް ޕީއެންސީގެ ނާއިބު ރައީސުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނީ އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް މިއަދު އަލުން ގުނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ވޯޓު ފޮށިތައް އަލުން ގުނުމަށް ހަމަޖެހިފައިވަނީ މެންދުރު 01:30 ގައި ބާޖަމާލުއްދީންގައި ކަމަށްވެސް އީސީން މަޢުލުމާތުދެއެވެ. ވޯޓު ފޮށިތައް އަލުން ގުނުމަށް ނިންމާފައިވަނީ ވޯޓާއި ގުޅޭ ބައެއް ޝަކުވާތައް ލިބޭތީ ކަމަށެވެ.

Advertisement

ކޮމެންޓް