ދީމާ ދުނިޔޭގެ ރޭންކިންގެ 8ވަނައަށް!

17 Apr 2021 | 14:23

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އެކުލަވާލި ޔޫތު ރޭންކިންގެ ގަދަ ދިހައެއްގައި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ ހިމެނިއްޖެއެވެ.

ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ދީމާ ހިމެނިފައި ވަނީ އެ ލިސްޓުގެ އަށް ވަނައިގައެވެ. އެއީ 1،028 ޕޮއިންޓާ އެކުއެވެ. އުމުރުން 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ކެޓަގަރީގައި ދީމާ ހިމެނިފައި ވަނީ 41 ވަނައިގައެވެ.

ދީމާއަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަޚްލޫފް ވަނީ މަރުޙަބާ ކިޔައިފައެވެ. މިނިސްޓަރު ވިދާޅުވީ ދީމާއަށް ލިބުނު ކާމިޔާބީ އަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިނިސްޓަރު ވަނީ ދީމާގެ މައިންބަފައިންނަށް މަރުޙަބާ އާއި ޝުކުރު ދަންނަވައިފައެވެ.

Advertisement

ކޮމެންޓް