ބާސާއިން 31 ވަނަ ފަހަރަށް ކޮޕަ ޑެލްރޭ އުފުލާލައިފި

18 Apr 2021 | 13:04

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސެލޯނާއިން 31 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެެ.

ބާސާއިން އެތުލެޓިކޯ ބަލިކޮށްފައިވަނީ 0-4ގެ ފަރަގު ބޮޑު ނަތީޖާއަކާއި އެކުގައެެވެ. އެޓީމުގެ ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. 

މި ފޯރިގަދަ މެޗުގެ 60 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ދިނީ އެންޓޮއިން ގްރީޒްމަނެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޑި ޔޮން ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

 ބާސާއަށް އެޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަދި ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ މެެސީއަށް ސްޕެނިޝްކަޕް އުފުލައިލެވުނު ހަތް ވަނަ ފަހަރެވެ.

Advertisement

ކޮމެންޓް

Advertisement