21 Apr 2021 | 17:09
މާލެ ދާއިރާގެ އެމްޑީޕީގެ ރައީސްކަމަށް ޝިފާ ކުރިމަތިލައްވައިފި

އަންނަ މަހުގެ29 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޤައުމީ މަޖިލީހުގެ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމަށް މިހާރުގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ކުރިމަތި ލެއްވުމަށް ނިންމަވައިފިއެވެ.

މާލެ ދާއިރާގެ އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވާކަން ހާމަކޮށް ޝިފާ ވަނީ ޓުވިޓާގައި ޕޯސްޓަރެއް ޝެއާރކޮށްފައެވެ.

ޝިފާވަނީ އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި އަނަސް ޢަބްދުއްސައްތާރާއި ވާދަކޮށް ބަލިވެފައެވެ. ކައުންސިލް ޕްރައިމަރީގައި ލިބުނު ނާކާމިޔާބަށްފަހު ޝިފާގެ ސިޔާސީ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މާލެ ދާއިރާގެ ރައީސްކަމަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. 

ޝިފާ ވިދާޅުވީ އޭނާއަށް މިކަމުގައި މާލެ ސިޓީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ތާއީދާއި ސަޕޯޓް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
މިރޭގެ މާރާމާރީ: އަނިޔާވި އެކަކު ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފި
ފުލުހުން ފަހުން ބުނީ އެތަނުން އެކަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
21 Jun 2026
އަނެއްކާ ވެސް ވޭޕްގެ ބޮޑު ސްޓޮކެއް އަތުލައިގެންފި، މި ފަހަރު 6،328 ވޭޕް ކާޓްރިޖް
މިއީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެކެވެ.
21 Jun 2026
ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް: ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
21 Jun 2026
މާލެ ވެޓް މާކެޓް މަޝްރޫއު: ބިން ހަވާލުކޮށްދޭން އެދި ހަތަރު ސިޓީ، ކައުންސިލުން ދައްކަނީ ބަހަނާ
އެ މިނިސްޓްރީން މިއަދު އެ މަޝްރޫއުއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ހާމަކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
21 Jun 2026
ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި
ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ
21 Jun 2026
ދިރާސާއެއް: ގްރޭޑް 9، 10 ގެ ދަރިވަރުން ނިދަނީ މެންދަމު
"މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫން. މި ކުދީން ނިދާ ގަޑިއަކީ 1:30 އާއި 2:30 ނުވަތަ 3:30 އާއި 4:00އާ ދެމެދު,"
21 Jun 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
21 Jun 2026
ޝެއިޚް އިސްމާޢީލް އަވަހާރަވިއިރު ޤުރުއާނުގެ ތަފްސީރު އޮތީ ތަރުޖަމާކޮށް ނިންމަވާފައި
ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވީ އިރު، ކީރިތި ޤުރްއާނުގެ ތަފްސީރު އެއްކޮށް ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.