25 Apr 2021 | 14:26
ދިއްލީގައި މިހާރު އޮތީ ކޮވިޑްގެ ސުނާމީއެއްކަމަށް ސިފަކޮށްފި

އަވައްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ފެތުރެމުންދަނީ ކޮވިޑް-19ގެ ދެވަނަ ވޭވެއް ނޫންކަމަށާއި މިއީ ސުނާމީއެއްކަމަށް ދިއްލީގެ ހައިކޯޓުން ބުނެފިއެވެ.

އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މިފަދައިން ބުނެފައިވަނީ، ކޮވިޑް-19ގައި ހާލުބޮޑުވާ ޕޭޝަންޓުންނަށް ބޭނުންވާ އޮކްސިޖަން ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ދިއްލީގެ އަމިއްލަ ހޮސްޕިޓަލްތަކަކުން ހުށައެޅި ޕެޓިޝަނަކާއި ގުޅޭ އަޑުއެހުމެއްގައެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް މި އަޑުއެހުމުގައި އެ ކޯޓުން ވަނީ ދިއްލީގެ ސަރުކާރާއި އިންޑިއާގެ މައި ސަރުކާރާއި ގުޅިގެން މަސައްކަތްކޮށްގެން، އެކަށީގެންވާ މިންވަރަށް އޮކްސިޖަން ލިބޭނެކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ. އެ ކޯޓުން ވަނީ އޮކްސިޖަން ހޯދުމުގެ ކަންތައްތަކުގައި ދިއްލީގެ ސަރުކާރުންވެސް ކުރަންޖެހޭ ބައެއް ކަންތައްތައް ހުރިކަމަށް ފާހަގަކޮށް، ކަނޑައެޅިފައިވާ މިންވަރަށްވެސް ދިއްލީއަށް އޮކްސިޖަން ނުލިބޭކަމަށް ބުނެފައެވެ.

ދިއްލީގެ ވަރަށް ގިނަ ހޮސްޕިޓަލްތަކަށް އޮކްސިޖަން ލިބުން ދަތިވެފައިވާއިރު، މިކަމުގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ބަލިމީހުން ވަނީ ނިޔާވެސް ވެފައެވެ. އަދި ބައެއް ހޮސްޕިޓަލްތަކުން ދަނީ ބަލިމީހުންނަށް ފަރުވާދޭން ބޭނުންވާނެ އޮކްސިޖަނާއި ބޭސްތައް، ޢާއިލާތަކުން އަމިއްލައަށް ހޯދަންވެސް އެދެމުންނެވެ.

ދިއްލީގެ ހައިކޯޓުން އިތުރަށް ވަނީ ހޮސްޕިޓަލްތަކަށް އޮކްސިޖަން ފޯރުވުމަށް ދަތިކުރާ ފަރާތްތަކުން ދަންޖައްސާނެކަމުގެ ވަރުގަދަ އިންޒާރުވެސް ދީފައެވެ. އެގޮތުން އޮކްސިޖަން ސަޕްލައިތައް ނެގުމުގައި ހުރަސްއަޅާ އޮފިޝަލުންގެ ނަންތައް ކޯޓަށް ހުށައެޅުމަށްވެސް އެ ކޯޓުން ވަނީ ދިއްލީގެ ސަރުކާރަށް އަންގާފައެވެ.

އަދި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު އިންޑިއާގެ މައި ސަރުކާރަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ