25 Apr 2021 | 06:39
ޞަޙާބީންގެ މާތިވެރިކަން

ﷲ سُبْحَانَهُ وَتَعَالَى ވަނީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންގެ ތެރެއިންވުމަށާއި، އެކަލޭގެފާނުގެ ކިބައިން ޢިލްމު ލިބިގަތުމަށްޓަކައި އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ބޭކަލުންތަކެއް ޚިޔާރުކުރައްވާފައެވެ. އެބޭކަލުންނީ އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިން އެންމެ ހެޔޮވެގެންވި ބޭކަލުންނެވެ. މި އުއްމަތަކީ އެންމެހާ އުއްމަތްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ އުއްމަތެވެ. ﷲ سُبْحَانَهُ وَتَعَالَى ވަނީ އެއިލާހުގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންގެ ގޮތުގައި އެބޭކަލުން ލައްވައި، އެބޭކަލުން ޢިއްޒަތްތެރި ކުރައްވާފައެވެ. ހަމަމިފަދައިން މި ދުނިޔޭގައި އެބޭކަލުންނަށް އެންމެ ހެޔޮ ސާހިބާ އާ ބައްދަލުވެވަޑައިގަތުމާއި، އެކަލޭގެފާނުގެ ބަރަކާތްތެރި ދޫފުޅުން ޙަދީޘްކުރައްވާ ޙަދީޘްތައް ސީދާ އަޑުއެހުމުގެ މަތިވެރިކަން ވަނީ އެބޭކަލުންނަށް ދެއްވާފައެވެ. މިފަދަ މަތިވެރިކަމަކީ އެއިލާހު އިރާދަކުރެއްވި ބަޔަކަށް ދެއްވާ ކަންކަމެވެ.

ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މަތިވެރި ޞަޙާބީންގެ ގޮތުގައި އެބޭކަލުންވީތީއާއި، އެކަލޭގެފާނާއެކު ﷲ ގެ މަގުގައި ޖިހާދުކުރެއްވީތީއާއި، އަދި އިސްލާމްދީން ފެތުރުއްވުމަށްޓަކައި އެ ބޭކަލުން ކުރެއްވި މަތިވެރި މަސައްކަތްޕުޅަށް ގިނަގުނަވެގެންވާ ޘަވާބާއި އަޖުރު އެ ބޭކަލުންނަށްވެއެވެ.

ހަމަމިފަދައިން އެ ބޭކަލުންގެ ފަހުން އައި މުސްލިމުންގެ ފަރާތުންވެސް އެ ބޭކަލުންނަށް ބޮޑުވެގެންވާ ދަރުމައާއި ހެޔޮ ދުޢާ ލިބޭ ހުއްޓެވެ. އެހެނީ އެ ބޭކަލުންނަކީ، އެ ބޭކަލުންގެ ފަހުން އައި މީހުންނާ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އާ ގުޅުވައިދިން މެދުވެރިންނެވެ.

ﷲ سُبْحَانَهُ وَتَعَالَى ވަނީ އެއިލާހުގެ ކީރިތި ފޮތުގައި ޞަޙާބީންނަށް ތަޢުރީފު ވަޙީކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ)) (التوبة : 100) މާނައީ: "މުހާޖިރުންނާއި އަންޞާރުންގެތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވީ މީހުން (ދަންނާށެވެ!) ﷲ އެބައިމީހުނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހުނެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތަންތާނގައި އެބައިމީހުން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ."

އެބޭކަލުން ހޭދަކުރެއްވި ހޭދަކުރެއްވުމުގެ މަތިވެރިކަން ބަޔާންކުރައްވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((لَا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَٰئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا)) (الحديد: 10) މާނައީ: "(މައްކާ) ފަތަޙަވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެއެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަކުރި މީހުންނަށްވުރެ ދަރަޖައިގެގޮތުން އެބައިމީހުން (އެބަހީ : މައްކާ ފަތަޙަކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާތްކަންބޮޑެވެ."

ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. ((لاَ تَسُبُّوا أَصْحَابِي فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ)) (البخاري) މާނައީ: "ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން (ޞަދަޤާތެއްގެ ގޮތުގައި) ހޭދަކުރިނަމަވެސް އެ ބޭކަލުންގެ ތެރެއިން ބޭކަލެއް (ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ) މުއްދެއްގެ މިންވަރާވެސް އެއްވަރުނުވާ ހުއްޓެވެ. އަދި (ކިއެއްހެއްޔެވެ؟) މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުއްޓެވެ."

އެބޭކަލުންގެ ޤަރުނަކީ މި އުއްމަތުގައިވި އެންމެ ހެޔޮ ޤަރުނެވެ. އެއީ އެންމެ ހެޔޮ ބޭކަލުން ތިއްބެވި ޤަރުނެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. ((خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ)) (البخاري ومسلم) މާނައީ: "މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަ މީހުންނެވެ. ދެން އޭގެފަހުން އަންނަ މީހުންނެވެ."

އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ. އެބޭކަލުންގެ ތެރެއިން ބޭކަލަކު (ﷲ ގެ ރަސޫލާގެ އަރިހުގައި ހޭދަކުރާ) ގަޑިއިރެއްވެސް، ތިޔަބައިމީހުން ސާޅީސް އަހަރުކުރާ ހެޔޮޢަމަލަށްވުރެ ހެޔޮވެގެންވެއެވެ." އަދި އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَا ގެ ކިބައިން ރިވާވެފައިވާ ރިވާޔަތުގައިވެއެވެ. "ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ. އެބޭކަލުންގެ ތެރެއިން ބޭކަލަކު (ﷲ ގެ ރަސޫލާގެ އަރިހުގައި ހޭދަކުރާ) ގަޑިއިރެއްވެސް، ތިޔަބައިމީހުން މުޅި އުމުރުގައި ކުރާ (ހެޔޮ) ޢަމަލަށްވުރެ ހެޔޮވެގެންވެއެވެ."

ސަޢީދު ބިން ޒައިދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. އެބޭކަލުންގެ ތެރެއިން ބޭކަލަކު ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި މޫނު ބައްދަލުކޮށްލާ ބައްދަލުކޮށްލުން ( އެބަހީ: ކުޑައިރުކޮޅަކަށް ބައްދަލުކޮށްލާ ބައްދަލުކޮށްލުން)، ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ހެޔޮކަންތައްތަކަށްވުރެ މަތިވެރިވެގެންވެއެވެ. އެމީހެއްގެ ޢުމުރަކީ ނޫޙު عَلَيهِ السَّلامُ ގެ ޢުމުރުކަމުގައި ވީނަމަވެސްމެއެވެ."

އެބޭކަލުންނަށް މާތްކޮށް ހިތުމާއި، އެބޭކަލުންދެކެ ލޯބިވުމަކީ އަހަރެމެންގެ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އައްޠަޙާވީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ތިމަންމެން ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންދެކެ ލޯބިވަމެވެ. އެ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ދެކެ ލޯބިވުމުގައި ހައްދުފަހަނައަޅައި ނުދަމެވެ. ހަމައެހެންމެ، އޭގެތެރެއިން އެއްވެސް ބޭކަލަކީ ކުށުން ބަރީޢަވެގެންވާ ބޭކަލެއްކަމުގައި ނުބުނަމެވެ. އެ ބޭކަލުންދެކެ ރުޅިއަންނަ ނުވަތަ އެ ބޭކަލުންނާ މެދު ބަދުބަސް ބުނާ ކޮންމެ މީހަކު ދެކެ ތިމަންމެން ރުޅި އަންނަމެވެ. ތިމަންމެން، އެ ބޭކަލުން ބަޔާންކުރާހުށީ ރިވެތިގޮތުގައެވެ. އެބޭކަލުން ދެކެ ލޯބިވުމަކީ ދީނެވެ. އީމާންކަމެވެ. އަދި އިޙްސާންތެރިކަމެވެ. އަދި އެބޭކަލުން ދެކެ ރުޅި އައުމަކީ ކުފުރެކެވެ. ނިފާޤްކަމެކެވެ. އަދި ހައްދުފަހަނައަޅައި ދިޔުމެކެވެ."

މާތް ﷲ އެ އެންމެހާ ބޭކަލުންނަށް ރުއްސުން ލައްވައި، އެބޭކަލުންނަށް ހެޔޮޖަޒާ ދެއްވާށި!

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.