27 Apr 2021 | 16:00
އެލްއެފް ފުޓްސަލް ކަޕް 2021 ފަށައިފި

ހުޅުމާލޭގެ ޖަމުޢިއްޔާއަކުން އިންތިޒާމްކޮށްގެން މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތްކަމަށްވާ "އެލްއެފް ފުޓްސަލް ކަޕް 2021" ފަށައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން މުބާރާތް ކުރިއަށްގެންދިއުން މަޑުޖެހިފައި އޮތުމަށްފަހު ރޭ މުބާރާތް ފަށާފައިވަނީ ބްރަދާސް އޮފް ދަ ގްރާންޑޭ އެސްސީ އަދި ޓީމް އެންއެސް ރޯމާގެ މެދުގައި ކުޅެވުނު ފޯރިގަދަ މެޗަކުންނެވެ. ރޭ އެކަނިވެސް މި މުބާރާތުގެ ހަ މެޗު ކުޅެވުނެވެ. 

މޯލްޑިވްސް ޔޫތު އަދި ހުޅުމާލެ ޔޫތު މޫވްމެންޓްއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ފަރާތުން ވަނީ ބައިވެރިވި ޓީމުތަކަށް، ޖުމްލަ 40،000 ރުފިޔާ ސްޕޮންސަރުންގެ އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތުދެމުން އެލްއެފް ފުޓްސަލް ކަޕް 2021 ހިންގާ ކޮމެޓީގެ ޗެއާމަން ޙަސަން ޝަހީދު ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމަށް ބާއްވާ މިފަދަ ކަންތައްތަކަށް ކުންފުނިތަކުންނާއި ސަރުކާރުގެ ވުޒާރާތަކުން އެހީވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

އެގޮތުން މި މުބާރާތަށްވެސް ސަރުކާރުގެ ކުންފުނިތަކުންނާއި ވުޒާރާތަކުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މުބާރާތުގެ މެއިން ސްޕޮންސަރކަމަށްވާ އާރްޑީސީ އަދި ދެންހުރި ސްޕޮންސަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ. އަދި މުބާރާތް ބޭއްވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވެދެއްވި އެހީތެރިކަންވެސް ޝަހީދު ވަނީ ފާހަގަކުރައްވައި، ޝުކުރު އަދާކޮށްފައެވެ.

އެލްއެފް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާވެސް ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ "ވޮއިސް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ