މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ފުލުހުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި
މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ ޓެކްސީގެ ޚިދުމަތާއި ގުޅޭގޮތުން އާންމުންގެ ބައެއް ޝަކުވާތައް އަންނަމުންދާތީ އެކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެޗެ.
އެގޮތުން، ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާންމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަޙައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން އެދިފައިވެއެވެ.
އެ ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝަހީމާއި، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ޢަބްދުﷲއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްޙަތު އަޙްމަދުގެ އިތުރުން ޓެކްސީ ސެންޓަރުތަކުގެ ވެރިން ބައިވެރިވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists