ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ބިލިއަނަރ، އީލޮން މަސްކް،
ދުނިޔެ
06 Jul 2025 | 07:40
އީލޮން މަސްކު އައު ސިޔާސީ ޕާޓީއެއް އުފައްދައިފި

ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ބިލިއަނަރ، އީލޮން މަސްކް، އާ ސިޔާސީ ޕާޓީއެއް އުފައްދައިފިއެވެ.

މަސްކް މިކަން ހާމަކޮށްފައިވަނީ އޭނާގެ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

"އެމެރިކާ ޕާޓީ" ގެ ނަމުގައި އުފެއްދި މިޕާޓީއަކީ، އެމެރިކާގެ ސިޔާސީ ނިޒާމުގައި މިހާރު އޮތް ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީއަށްވެސް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.

ނަމަވެސް، މިޕާޓީ އެމެރިކާގެ އިންތިޚާބާބެހޭ އިދާރާތަކުގައި ރަސްމީކޮށް ރަޖިސްޓަރީކުރެވިފައިވޭތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނުވެއެވެ. އަދި މިޕާޓީގެ އިސްވެރިންނަކީ ކޮބައިކަމާއި، ޕާޓީ ހިންގާނެ ގޮތާ ބެހޭ އެއްވެސް ތަފްސީލެއް މަސްކް ހާމަކޮށްފައެއް ނުވެއެވެ.

މަސްކް މިފަދަ ޕާޓީއެއް އުފެއްދުމުގެ ޚިޔާލު ފުރަތަމަ ފާޅުކޮށްފައިވަނީ، ޑޮނަލްޑް ޓްރަމްޕްއާ އޭނާއާ ދެމެދު އުފެދުނު ދެބަސްވުމުގެ ތެރޭގައެވެ. އެ މައްސަލަތަކާ ގުޅިގެން މަސްކް ވަނީ ޓްރަމްޕްގެ ސަރުކާރުގައި އޭނާ އަދާކުރަމުން އައި މަގާމުން ވަކިވެ، ޓްރަމްޕްގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަން ފަށާފައެވެ. 

އެ ދުވަސްވަރު، މަސްކް ވަނީ، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތާއީދު އޮތްތޯ ބެލުމަށް އެކްސްގައި ޕޯލް އެއްވެސް ކުރިއަށް ގެންގޮސްފައެވެ. 

"ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވަނީ އާ ސިޔާސީ ޕާޓީއެއް. އެކަން ވާނެ. މިގައުމުގައި އޮތީ ޑިމޮކްރަސީއެއް ނޫން. ދެޕާޓީއެއްވެސް ނޫން. އޮތީ ވަން-ޕާޓީ ސިސްޓަމެއް.  އެ ސިސްޓަމުން މަސައްކަތް ކުރަނީ ގައުމު ބަނގުރޫޓު ކުރަން. އެހެންކަމުން، ގައުމުގެ މިނިވަންކަން އަނބުރާ ހޯދުމަށް ’އެމެރިކާ ޕާޓީ‘ މިވަނީ އުފައްދާފައި." މަސްކު ބުނެފައިވެއެވެ.

މަސްކު އައު ޕާޓީއެއް އުފެއްދިކަން އިއުލާން ކޮށްފައިވާއިރު، ހޮނިހިރު ދުވަހާ ހަމައަށް ވެސް، ފެޑެރަލް އިލެކްޓޯރަލް ކޮމިޝަނުން މިޕާޓީ ރަސްމީކޮށް ރަޖިސްޓަރީކުރިކަން ދައްކުވައިދޭ އެއްވެސް ލިޔެކިއުމެއް އާންމުކޮށްފައި ނުވާ ކަމަށް ސީއެންއެން އިން ރިޕޯޓް ކޮށްފައިވެއެވެ. 

މަސްކަކީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕްގެ ކެންޕެއިނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކެކެވެ. އަދި އޭނާ ވަނީ ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރުމަށް އެހީތެރިވުމަށް 250 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް