28 Apr 2021 | 22:06
މިއުޒިކް ކުޅޭ ތަންތަން އަޅައިގެން ހޭންވީ ކޮން ސަބަބެއް އޮވެގެންތޯ؟: ސަނީފު

މާލޭގައި ނާޗަރަންގީ ޖަގަހަ އަޅައިގެން، ހޭންވީ ކޮން ސަބަބެއް އޮވެގެންތޯ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލޭގައި ޒުވާނުންނަށް ހާސްކަމެއް ނެތި މިއުޒިކް އަޑު އަހާލެވޭނެ ގޮތަށް މަރުކަޒެއް ގާއިމު ކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ގަރާރު އިޖްތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސަނީފު ވަނީ، އެ ގަރާރުގެ މަފްހޫމު ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަނީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުން އެފަދަ ގަރާރެއް ހުށަހަޅައިގެން، އެއަަށް ބަހުސް ކުރަންވީ ސަަބަބެއް، ރައްޔިތުންނަށްވެސް ނޭނގޭ ކަމަށެވެ.

"ކޮންކަމަކާތޯ އަޅުގަނޑުމެން ހޭންވީ؟ އަޅުގަނޑުމެން ތަނަކަށް އެއްވެ ބޭހެއް ބޮއެގެންތޯ ހޭންވީ؟ ކޮންކަމަކާތޯ ހޭންވީ ނުކުމެ. މިއުޅެނީ މި މާލޭގައި ދިރިނޫޅެވިގެން. މިއުޅެނީ ސިޔާސަތެއް ނެތިގެންނޭ" އޭނާ ވިދާޅުވިއެެވެ.

ވެރިރަށް މާލޭގެ އުފާވެރިކަން ގެއްލިގެން ދިޔައީ، މާލެ ތޮއްޖައްސައި، ބަރާ ކުރުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެެވެ. އެހެންވެ، ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް، މާލެއަށް ލުޔެއް ދީފިނަމަ، އެންމެންވެސް ތިބޭނީ ހެވިފައި ކަމަށް ސަނީފު ވަނީ ވިދާޅުވެފައެވެ.

ސަނީފު ވިދާޅުވީ މިއުޒކް ކުޅޭ މަރުކަޒެއް އެޅުމާއި ބެހޭ ގަރާރަކީ، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތް ވާގޮތަށް، ރަނގަޅު މަޤްޞަދެއްގައި ހުށަހެޅިފައިވާ ގަރާރެއް ނޫން ކަަމަށާއި، އޭނާ އެ ގަރާރާއި ދެކޮޅު ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jun 2026
ޝެއިޚް އިސްމާއީލް އަވަހާރަވުން: ރައީސްގެ ތަޢުޒިޔާ، ޝެއިޚްގެ ވަކިވުމުން ބޮޑު ހިތާމައެއް
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
21 Jun 2026
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވެއްޖެ އެވެ.
20 Jun 2026
ފްލައިނާސްގެ ދަތުރުތައް ވީއައިއޭއަށް އަލުން ފަށައިފި
މިއަދު ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ
20 Jun 2026
ފެނަކައިން ވަކިވާން އެދުނު މުއައްޒަފުންގެ އަދަދު 97 ގައި
އަމިއްލައަށް ވަކިވާން ބޭނުންވާ މުއައްޒަފުންނަށް ފެނަކައިން ފުރުސަތު ދީފައިވަނީ އިނާޔަތަކާއެކުގައެވެ
20 Jun 2026
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް
މިހިނގާ ޖޫންމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,011,473 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ
20 Jun 2026
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ކޮމިޓީތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ، ޖޫންމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ
20 Jun 2026
ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް ވަދެ ވަޅިއަކުން ބިރުދެއްކި މައްސަލައެއް
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ
20 Jun 2026
ކަނޑުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މޫދު ހަރަކާތްތައް ފަށައިފި
ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ފެށި މި ހަރަކާތްމިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ